މަސައްކަތް
ނަންބަރު: GS-169/IU/2017/19
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 27 ނޮވެންބަރު 2017 11:00
ބިލެއްދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

ސެކިއުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުން

 01 ޖެނުއަރީ 2018ން  31 ޑިސެމްބަރ 2018ގެ ނިޔަލަށް  މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

  ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚުގައި މިސްކޫލަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް މިސްކޫލަށް ހާޒިރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

  

 

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

ފ. ބިލެއްދޫ ސްކޫލު (އޮފީސް)

2017 ނޮވެމްބަރ 27

ހޯމަ

11:00

އަންދާސީ ހިސާބު ހުށައެޅުން

2017 ޑިސެމްބަރ 06

ބުދަ

11:00

  

 

  

 

 

 މައުލޫމާތު ސާފުކުރުމަށް ހާޒިރުވާއިރު އެމީހަކާބެހޭ ފުރިހަމަ މައުލޫމާތު އެގޭފަދަ ލިޔުމެއް ހުށަހަޅަން ޖެހޭނެއެވެ. ކުންފުނި ފަދަ ވިޔަފާރި ރަޖިސްޓްރީއަކުން މީހަކު ފޮނުވާނަމަ އެމީހަކީ އެފަރާތުންފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާއިރު މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، މިމަސައްކަތުގެ  މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، އަދި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވި ފަރާތްތަކުން އަންދާސީ ހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިސްކޫލްގެ 7952913 ނަންބަރާ ގުޅުއްވުމުން އެމަޢުލޫމާތު ދެވޭނެއެވެ.

26 ޞަފަރު 1439

15 އޮކްޓޯބަރ 2017

15 ނޮވެންބަރު 2017