ދިވެހިރާއްޖެ
މި ކައުންސިލްގެ މުއައްޒަފުންގެ ގޮތުގައިތިބޭ، ބިދޭސީ މުއައްޒަފުން ބެއިތިއްބުމަށް ޚާއްޞަކޮށްގެން ދިރިއުޅޭނެ ގެއެއްހެދުމާއި، މިއިދާރާގެ ޕިކަޕްވައްދާނެ ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 01 ނޮވެމްބަރ 2017ގައިކުރި މިއިދާރައިގެ ނަމްބަރު: 352-B/2017/37 އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކޮށް އަންދާޒާ ހިސާބު ހުށައެޅުއްވީ އެންމެ ދެފަރާތަކުންނެވެ. އެހެންކަމުން އެއަންދާސީ ހިސާބުތައް ބާތިލްކޮށް އަލުންއިޢްލާނު ކުރަމެވެ.
އެހެންކަމުން ކުރިން މިދެންނެވި ގެ ނުވަތަ އެކޮމޮޑޭޝަން ބްލޮކާއި ޕިކަޕްގަރާޖް ހަދަން ހަމަޖެހިފައިވާ، މިހާރު ދިރާގުން ދޫކޮށް ވަކިކުރެވިފައިވާ ބިމުގައިހުރި، އެތަނުގެ ކުރީގެ އިންޖީނުގެ ޢިމާރާތް، އާބާތުރަފިލުވައިގެން އެ ޢިމާރާތުގެ މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އެޢިމާރާތްބަލައި ހެދުމަށް، 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް، އެޢިމާރާތް ހުރި މިދެންނެވި ތަނަށް ދުރުވުން އެދެމެވެ. އަދި އެގަޑީގައި، މަސައްކަތާއި ގުޅޭ، މަޢުލޫމާތު ކަރުދާހެއް ލިބޭނެއެވެ.
ވީމާ، މަޢުލޫމާތު ސާފުކުރައްވައި، އެ ޢިމާރާތް ބަލައިހެއްދެވުމަށްފަހު، މަޢުލޫމާތު ކަރުދާހުގެ މައްޗަށް، އަންދާސީ ހިސާބު ތައްޔާރުކުރައްވައި 21 ނޮވެމްބަރ 2017 ވާ (އަންނަހަފްތާގެ) ބުރާސްފަތި ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަންނާނީ އެގަޑީގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ، މަޢުލޫމާތު ސާފުކުރައްވައި ތަންބައްލަވަން ދުރުވާ ފަރާތްތަކަށެވެ.