ދިވެހިރާއްޖެ
އިޢުލާން
ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
މިސްކޫލްގެ އިޢުލާން ނަންބަރ GS-173/2017/16 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެއްވެސް ފަރާތަކުން ބިޑް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާނު ބާތިލުކޮށް މިކަމަށްއެދި އަލުން އިޢުލާނުކުރަމެވެ.
ވީމާ، ކޮންޓްރެކްޓް އުސޫލުން މިސްކޫލްގެ ސެކިއުރެޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ބަނޑިދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބަނޑިދޫ ސްކޫލް ކޮމްޕޮޔުޓަރ ލެބް |
21 ނޮވެމްބަރ 2017 |
އަންގާރަ |
09:00 |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
ބަނޑިދޫ ސްކޫލް އޮފީސް |
28 ނޮވެމްބަރ 2017 |
އަންގާރަ |
09:00 |
ސެކިއުރިޓީ ބެލެހެއްޓުމަށް އަންދާސީހިސާބު ހުށަހެޅުއްވާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން (ސެކިއުރިޓީ ބެލެހެއްޓުމަށް ރަޖިސްޓަރީ) ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅާގެ ދިވެހިރައްޔިތެއްކަންއަންގަދޭ ކާޑް އަދި ކުންފުނި ނުވަތަ ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ގެނައުމަށް ހަނދުމަފުޅުބެހެއްޓެވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7952916 ނަމްބަރ ފޯނާއެވެ.