މަސައްކަތް
ނަންބަރު: (IUL)270/INDIV/2017/52
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 27 ނޮވެންބަރު 2017 11:00
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ޕޮލިސް ސްޓޭޝަން(ރަށްވެހިގެ) ގެ ދޮރާއި ކުޑަދޮރުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް

އިޢުލާން

 

ނަންބަރ: (IUL)270/INDIV/2017/52

 

ހދ މަކުނުދޫ ޕޮލިސް ސްޓޭޝަން(ރަށްވެހިގެ) ގެ ދޮރާއި ކުޑަދޮރުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 27 ނޮވެމްބަރ 2017 ވާ ހޯމަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 06 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު         ( 70 އިންސައްތަ )
  2. ތަޖްރިބާ                ( 10 އިންސައްތަ )
  3. މުއްދަތު                ( 10 އިންސައްތަ )
  4. މާލީޤާބިލްކަން            ( 10 އިންސައްތަ )             

ޝުކުރިއްޔާ

25 ޞަފަރު 1439

14 ނޮވެމްބަރ 2017

14 ނޮވެންބަރު 2017