ޢާންމު މަޢުލޫމާތު
ނަންބަރު: BAM/IUL/2017/43
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 22:39
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2017 10 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތް 2017
44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2017 އަދި 10 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތް 2017
ތާރީޙް އަދި މުބާރާތް ކުޅެވޭތަން ތަން:
- 25 ނޮވެމްބަރ 2017 އިން 04 ޑިސެމްބަރ 2017 އަށް މާލޭ ކުޅިވަރު އެކުވެނި.
މެޗްތައް ކުރިއަށްގެންދެވޭ ގޮތާއި މެޗްތަކުގެ ތާވަލް :
- ފުރަތަމަ ޓީމް އިވެންޓް އެއަށްފަހު އިންޑިވިޖުއަލް އިވެންޓްސް
- 44 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް އަދި 10 ވަނަ އަތޮޅުލީގް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވި ޓީމް އަދި ކުޅުންތެރިންގެ ޢަދަދަށް ބަލާ މުބާރާތް ކުޅޭ އުޞޫލާއި ގަޑިތައް ކަނޑައަޅާނީ މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު ހަމަވުމުން ކޮމިޓީއިންނެވެ. އަދި ޤަވާއިދުގައިވާ ގޮތުގެ މަތިން ޓީމް އިވެންޓް އަދި އިންޑިވިޖުއަލް އިވެންޓް ތަކުގެ ތާވަލްތައް މުބާރާތުގެ ކޮމިޓީގެ ލަފާގެ މަތިން އާޢްމުކޮށް އިޢުލާން ކޮށް ގެޒެޓް ކުރެވޭނެއެވެ.
ކުޅެވޭ ޝަޓްލް ބްރޭނޑް:
- ޤައުމީ ބެޑްމިންޓަން މުބާރާތް 1 ވަނަ އަދި 2 ވަނަ ޑިވިޝަން ( އާރް.އެސް.އެލް – އޭސް ) RSL ACE
- އަތޮޅުލީގް ބެޑްމިންޓަން މުބާރާތް ( މާވިސް 500 ) MAVIS 500
މުބާރާތުގެ ޓީމްއިވެންޓް ޑްރޯ އަދި މެނޭޖަރސް މީޓިންގ:
- 23 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެރޭ 08:00 ގައި އަތޮޅު ލީގްގެ ބައިވެރިން.
- 23 ނޮވެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެރޭ 09:00 ގައި ޤައުމީ މުބާތާތުގެ ބައިވެރިން.
- މުބާރާތުގެ ޓީމްއިވެންޓް ޑްރޯ އަދި މެނޭޖަރސް މީޓިންގ ބޭއްވޭނެ ވަކި ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.
މިބައްދަލުވުމުގައި މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ މެނޭޖަރުން އަދި ކުޅުންތެރިންނަށް ބައިވެރިވެވޭނެއެވެ.
ޖޫރިމަނާއަކާއި ނުލާ ވިތްޑްރޯ ކުރެވޭނެ އެންމެފަހު ތާރިޙް:
20 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
ރެފްރީ: ޑެޕިއުޓީ ރެފްރީން: އިބްރާހިމް ޒިޔާއު / އައިމިނަތު އަލީ
13 ނޮވެމްބަރު 2017
13 ނޮވެންބަރު 2017