ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2017/62
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:42
ސުންގަޑި: 29 ނޮވެންބަރު 2017 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި ރުއްގަހުގެ ބަދަލާއި ގުޅޭ

ގދ.ހޯނޑެއްދޫގައި ކުނިކޮށްޓެއް އެޅުމަށް ހަމަޖެހިފައިވާ ބިމުގައިހުރި މިކައުންސިލުން 1 އިން 20 އަށް ނަންބަރ ޖަހާފައިވާ ރުއްތަކުގެ ވެރިފަރާތްތަކާއި، 1 ހިރުނދުގަހުގެ ވެރިފަރާތަށް ބަދަލުދީ ނިންމަން ބޭނުންވެއެވެ.

ވީމާ، މިބިމުގައި ހުރި ރުއްތަކާއި (މިކައުންސިލުން ޖަހާފައިވާ ނަންބަރ 1 އިން 20 އަށް) 1 ހިރުނދުގަހުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ) އާއި ހިރުނދު ގަސް (ވަށަމިން ސެންޓިމީޓަރުން ބަޔާންކޮށް)  އެގޭނޭ ގޮތަށް 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއިއެކު އެސަރަޙައްދުގެ ޗާޓެއް ޢާންމު ކުރީމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ނޮވެންބަރު 2017