ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)ADAH/INDIV/2017/17
ޕަބްލިޝްކުރި ތާރީޚް: 13 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 23 ނޮވެންބަރު 2017 12:00
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ / އދ.މާމިގިލީ ސިއްޙީ މަރުކަޒު

އދ.އަތޮޅު ހޮސްޕިޓަލް

އދ.މަހިބަދޫ 

ދިވެހިރާއްޖެ

ނަންބަރު: (IUL)ADAH/INDIV/2017/17

މަޤާމް:

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤަމްގެ ނަމްބަރ:

J-285611

ބޭނުންވާ ޢަދަދު:

01

މަޤާމްގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމް އޮތް އޮފީސް

އދ.މާމިގިލީ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ.މާމިގިލީ ޞިއްޙީ މަރުކަޒު/ އދ.މާމިގިލި

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4. ސިވިލް ސަރވިސްގެ ޢިނާޔަތްތަށް ދިނުމަށް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ 

   މަތިން ރިސްކު އެލަވަންސް ފައިސާ.    

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

 

 

  1. ހަމަޖެހިފައިވާ އުސޫލުން ޞިއްޙީ މަރުކަޒު ހުޅުވައި/ބަންދުކުރުން.
  2. މުވައްޒަފުންގެ ހާޒިރީއާއި، މުވައްޒަފުންގެ ރަޖިސްޓްރީ ބެލެހެއްޓުން.
  3. އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި، މެސެޖާއި، އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ޞިއްޙީ މަރުކަޒަށް ލިބޭ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީއަށް އެންޓަރކުރުމަށްފަހު، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ހަވާލުކުރުން.
  5. ލިޔެކިއުންތައް ފައިލްކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  6. އެޑްމިނިސްޓްރޭޝަން ސެކްޝަނުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޞިއްޙީ މަރުކަޒުގައި ބޭއްވޭ ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ދުވަހު ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. އިދާރީ އޮފީސް ބަންދު ވަގުތުތަކުގައި ދިމާވާ އިމަރޖެންސީ ކަންތައްތަކުގައި ވެރިއަކު އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
  9. އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވެއްދުން.
  10. ލިޔެކިއުމާއިބެހޭ ތަކެއްޗާއި އެހެނިހެން މުދަލުގެ ސްޓޮކް ބެލެހެއްޓުން.
  11. އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް   ބެލެހެއްޓުމާއި، މަސައްކަތުގައި ހަރަކާތްތެރިކުރުވައި ސުޕަވައިޒްކުރުމާއި، ސިވިލް ސަރވިސްގެ ޤާވާއިދާ އެއްގޮތަށް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  12. ޞިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވާން ޖެހިއްޖެ ހާލަތެއްގައި މަރުކަޒު ހިންގެވުމާ ހަވާލުވެ، އިސްވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  13. ސެކްޝަނުގެ ނުވަތަ އެހެން ސެކްޝަނެއް މުވައްޒަފަކު ޗުއްޓީ ނަގާނަމަ، އެމުވައްޒަފު ޗުއްޓީ ނިންމުމަށްފަހު އޮފީހަށް ނުކުންނަންދެން، އެމުވައްޒަފަކު ކުރަމުން ގެންދާ މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠު

 

  1. ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ  ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމެންޓް، ހެލްތު ސަރވިސް މެނޭޖްމެންޓް، މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވި އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

 

 ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

ނ. ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް،  މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.

ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

-          ވަޒީފާއަށް އެދޭ ފޯމު މިހޮސްޕިޓަލް އަދި އދ.މާމިގިލީ ޞިއްޙީ މަރުކަޒުގެ ކައުންޓަރުން  ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ www.CSC.gov.mv ވެބްސައިޓުން ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އދ. މާމިގިލީ ޞިއްޙީ މަރުކަޒުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

-          މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، އދ.މާމިގިލީ ސިއްހީ މަރުކަޒުގައި 2017 ނޮވެމްބަރ 26 އިން 29 އާއި ދެމެދުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

-          މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މަޤާމަށް މީހުން ހޮވުމަށް  ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

-          25% (ފަންސަވީސް އިންސައްތަ).

އިތުރު މަޢުލޫމާތު ހޯދުން

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތެއް ސާފުކުރައްވާނަމަ، އދ.އަތޮޅު ހޮސްޕިޓަލްގެ ފޯނުނަންބަރު 6680851 ، ފެކްސް 6680787

-           

-          އީމެއިލް[email protected]

 

 

13 ނޮވެމްބަރ 2017

13 ނޮވެންބަރު 2017