ކުއްޔަށް ހިފުން
ނަންބަރު: (IUL)101-EP/1/2013/140
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2013
ޕަބްލިޝްކުރި ގަޑި: 11:36
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން  ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށް 06 ނޮވެންބަރ 2013 ގައި ކުރި ނަންބަރު (IUL)101-EP/1/2013/138  އިޢުލާން ބާޠިލުކޮށް މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން  ދޫކުރުމަށް ހަމަޖެހިފައިވާ ލުއި ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ޢާންމުކޮށް ހުޅުވާލަމެވެ. މި އިޢުލާންގެ ދަށުން ހުޅުވާލެވިފައިވަނީ މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މި މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނު ފައިސާގެ ތެރެއިން 23,130,000 ރުފިޔާގެ ލޯނު ސްކީމަށް ޕްރޮޕޯސަލް ހުށަހެޅުމަށެވެ.

މި ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލުތައް ތިރީގައި މި ދަންނަވަނީއެވެ.

1. ލޯނު ދޫކުރުމަށް ކަނޑައެޅިފައިވާ ދާއިރާތައް އަދި އެކި ދާއިރާތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ އަދަދުތައް

  • މި ލޯނު ފަންޑުގެ ޖުމުލަ އަދަދުގެ %40 އަމާޒުކުރެވިފައިވަނީ އަންހެން ވިޔަފާރިވެރިންނާއި ޒުވާނުންނަށެވެ. އެހެންކަމުން ލޯނަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަންހެން ވިޔަފާރިވެރިންނާއި ޒުވާނުން އަދި އަންހެން ވިޔަފާރިވެރިންނާއި ޒުވާނުން މެޖޯރިޓީ ހިއްސާވާ ކުންފުނިތަކާއި، ޕާޓްނަޝިޕްތަކާއި ކޯޕަރޭޓިވްސޮސައިޓީތަކަށް މި ލޯނު ސްކީމުގެ %40 އަމާޒުކުރެވޭނެއެވެ.
  • ޒުވާނުން ކަމުގައި ބަލާނީ، ލޯނަށް ހުށަހަޅާ އަމިއްލަ ފަރުދުންގެ ތެރެއިން ލޯނު އިޢުލާނު ކުރެވިފައިވާ ތާރީޚާއި ހަމައަށް 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރު ފުރާގައި ހިމެނޭ ފަރާތްތަކެވެ. އަދި ކުންފުނި، ޕާޓްނަޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރެއިން، މިއުމުރުފުރައިގެ ފަރާތްތަކުގެ ހިއްސާ %50 އަށް ވުރެ މަތި ކުންފުނިތަކާއި، ޕާޓްނަޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. ހަމަ މިމޭރުމުން، އަންހެނުންގެ ހިއްސާ %50 އަށް ވުރެ މަތިންވާ ކުންފުނިތަކާއި، ޕާޓްނަޝިޕްތަކާއި ކޯޕަރޭޓިވް ސޮސައިޓީތައްވެސް ހިމެނޭނެއެވެ.

ލޯނު ދޫކުރެވޭ ދާއިރާ

ލޯނަށް ޕްރޮޕޯސަލް ހުށަހެޅޭނޭ މަސައްކަތުގެ ދާއިރާ

މި ދާއިރާއަށް ކަނޑައަޅާފައިވާ ޖުމްލަ އަދަދު (ރުފިޔާ)

1. ފަތުރުވެރިކަން

ގެސްޓް ހައުސް، ހޮޓެލް އަދި ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރީގެ ހަރަކާތްތައް

5 މިލިއަން

2. މަސްވެރިކަން

ފިޝް ޕްރޮސެސިންގް އާއި މަހުގެ ވެލިއު އިތުރުކުރުމުގެ ގޮތުން ހިންގާ އެކިއެކި ވިޔަފާރީގެ ހަރަކާތްތައް

3 މިލިއަން

3. ދަނޑުވެރިކަން

ދޮންކެޔޮ، ކަރާ، މިރުސް އަދި ބަރަބޯ، މި ތަކެތީގެ ވެލިއު އިތުރުކުރުމުގެ ގޮތުން ހިންގާ އެކިއެކި ވިޔަފާރީގެ ހަރަކާތްތަކާއި ޕޯލްޓްރީގެ މަސައްކަތް ފުޅާކުރުމަށާއި ވެލިއު އިތުރުކުރުމަށް ހިންގާ އެކިއެކި ވިޔަފާރީގެ ހަރަކާތްތައް

5 މިލިއަން

4. އައި.ސީ.ޓީ

4.1 މި ދާއިރާއިން ވިޔަފާރި އިތުރަށް ފުޅާކުރުން (މީގެ ތެރޭގައި އައި.ޓީ ހާރޑްވެއަރގެ ރީޓޭލްވިޔަފާރިވެސް ހިމެނެއެވެ.) ސޮފްޓްވެއަރ ތަރައްޤީކުރުން، އެޕްލިކޭޝަން ތަރައްޤީކުރުން،އައި.ޓީ ކޮންސަލްޓަންސީގެ ޚިދްމަތް ދިނުމަށް

2 މިލިއަން

4.2 ކުދި ވިޔަފާރިތަކުން ޖީއެސްޓީގެ ހިސާބުތައް ބެލެހެއްޓުމަށްޓަކައި ޕީ.އޯ.އެސް މެޝިން ގަތުމަށް

1 މިލިއަން

5. ޓެކްސީ އާކުރުމަށް

މިހާރުވެސް ޓެކްސީ ކުރައްވާ ފަރާތްތަކަށް ނުވަތަ ޓެކްސީ ލައިސަންސް އޮތް ފަރާތްތަކަށް ޓެކްސީ އާކުރުމަށް.

2 މިލިއަން

6. އޯޕަން ކެޓެގަރީ

މި ކެޓެގަރީގެ ދަށުން ފައިދާކުރަނިވި އެކިއެކި ވިޔަފާރީގެ ހަރަކާތްތަކަށް ލޯނު ދޫކުރެވޭނެއެވެ. މީގެ ތެރޭގައި މިހާރުވެސް ހިނގަމުންދާ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ނުވަތަ އައު ވިޔަފާރިއެއް ފެށުމަށްވެސް ލޯނު ދޫކުރެވޭނެއެވެ.

5 މިލިއަން

2. ލޯނު ސްކީމުގެ މައިގަނޑު ޓާރމްސް

2.1  ލޯނުގެ ގޮތުގައި ދޫކުރެވޭ އަދަދުތައް

މި ލޯނު ސްކީމުގެ ދަށުން މަތީގައި ދެންނެވިފައިވާ ދާއިރާތަކުން ލޯނު ދޫކުރެވޭނެ އަދަދުތައް ތިރީގައި މި ދަންނަވަނީއެވެ.

  • ފަތުރުވެރިކަން، މަސްވެރިކަން، ދަނޑުވެރިކަން، އައި.ސީޓީ ދާއިރާގެ 4.1 އަދި އޯޕަން ކެޓެގަރީ ގެ ބައިން ލޯނު އެޕްލިކޭޝަނަކަށް ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 1 މިލިއަން ރުފިޔާއެވެ.
  • އައި.ސީ.ޓީ ދާއިރާގެ 4.2 ބައިން ލޯނު ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 30،000 ރުފިޔާއެވެ.
  • ޓެކްސީ އާކުރުމުގެ ބައިން ލޯނު ދޫކުރެވޭނެ އެންމެ މަތީ އަދަދަކީ 300،000 ރުފިޔާއެވެ.

2.2  ލޯނުގެ އިންޓަރެސްޓް ރޭޓް:

  • އަހަރަކަށް %9

2.3  ލޯނު ދެއްކުމުގެ މުއްދަތު:

  • ލޯނު އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ގިނަވެގެން 8 އަހަރުގެ ތެރޭގައެވެ. (މީގެ ތެރޭގައި 1 އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.)

2.4  ރަހުނުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދު:

  • ލޯނު އަދަދު 50،000 ރުފިޔާ އަށް ވުރެދަށްނަމަ ރަހުނެއް ބޭނުމެއް ނުވާނެއެވެ.
  • ލޯނު އަދަދު 50،001 އާއި 500،000 ރުފިޔާ އާއި ދެމެދުގެ އަދަދެއްނަމަ ލޯނަށް އެދޭ އަދަދުގެ 100 (ސަތޭކަ އިންސައްތަ) އަގުހުރި، ބޭންކް އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.
  • ލޯނު އަދަދު 500،001 އާއި 1،000،000 ރިފުޔާ އާއި ދެމެދުގެ އަދަދެއްނަމަ ލޯނަށް އެދޭ އަދަދުގެ 110 (ސަތޭކަ ދިހަ އިންސައްތަ) އަގުހުރި ބޭންކް އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ރަހުނެއް ބޭނުންވާނެއެވެ.

2.5  ހުށަހަޅާ ޕްރޮޕޯސަލަށް އަމިއްލަ ފައިސާ އިންވެސްޓް ކުރުން:

  • އަމިއްލަ ފައިސާ އިންވެސްޓް ކުރަންޖެހޭ މިންވަރުގެ ތަފުސީލު ފަހުން އިޢުލާން ކުރެވޭނެއެވެ.

2.6  ލޯނު ޕްރޮޕޯސަލް ލިބެން ހުންނާނެ ތަނާއި އަދި ޕްރޮޕޯސަލް ހުށަހެޅޭނެ ތަންތަން:

  • ލޯނަށްއެދޭ ފޯމުތައް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުންނާއި ބޭންކް އޮފް މޯލްޑިވްސްގެ އެކިއެކި  ގޮފިތަކުންނާއި (ބޭންކް އޮފް މޯލްޑިވްސްގެ ލައިޓް ބްރާންޗް ފިޔަވައި)، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓް www.trade.gov.mv  އިން 17 ނޮވެމްބަރ 2013 އިން ފެށިގެން ލިބެން ހުންނާނެއެވެ. 
  • ލޯނަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވަންޖެހޭ ލިޔުންތަކާއެކު ފޯމު ހުށަހަޅުއްވާނީ ބޭންކް އޮފް މޯލްޑިވްސްގެ މާލެ ގޮފިތަކަށް (ބޭންކް އޮފް މޯލްޑިވްސްގެ ލައިޓް ބްރާންޗް ފިޔަވައި) އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޤާއިމް ކުރެވިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ގޮފިތަކަށެވެ.
  • ލޯނު ޕްރޮޕޯޒަލްތައް ބަލައިގަންނަން ފަށާނީ 1 ޑިސެމްބަރ 2013 އިން ފެށިގެންނެވެ. ލޯނު ޕްރޮޕޯސަލް ހުށަހެޅުމަށް ވަކި ސުންގަޑިއެއް ހަމަޖެހިފައެއް ނުވެއެވެ. ޕްރޮޕޯސަލްތައް ލިބުނު މިންވަރަކުން ލޯނު ފަންޑުގައި އެކިއެކި ބައިތަކަށް ކަނޑައަޅާފައިވާ ޖުމުލަ ފައިސާއަށް ވާވަރަށް ލޯނު ދޫކުރެވެންދެން،  ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޕްރޮޕޯޒަލްތައް ބަލައިގަންނަމުންދާނެއެވެ.

3. ލޯނު ޕްރޮޕޯޒަލް ހުށަހެޅުމަށްފަހު ލޯނު ދޫކުރުމުގެ ޕްރޮސެސް ކުރިއަށްދާނެގޮތް:

ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ތަކަށް ލޯނު އެޕްލިކޭޝަން ލިބުމުން ތިރީގައި މިދަންނަވާގޮތުގެ މަތިން އެ ޕްރޮޕޯޒަލް ތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

3.1  އެންމެ ފުރަތަމަ، ހުށަހެޅިފައިވާ ޕްރޮޕޯޒަލް އަކީ ޝަރުޠު ފުރިހަމަވާ ޕްރޮޕޯޒަލްއެއް ތޯ ބޭންކް އޮފް މޯލްޑިވްސް އިން ޗެކް ކުރައްވާނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަވޭތޯ ބެލުމުގައި ތިރީގައި މިދަންނަވާ ކަންތައްތަކަށް ބެލެވޭނެއެވެ.

  • ލޯނު ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ ސެކްޝަން 1 ގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން އަދި އެ ދާއިރާ އަކުން ދިނުމަށް ކަނޑައެޅިފައިވާ އަދަދުތަކަށް ފެތޭތޯ ބެލުން.
  • ލޯނަށް ހުށަހަޅާފަރާތުގެ ކްރެޑިޓް ހިސްޓްރީ އަދި އެން.ޕީ.އޭ ހިސްޓްރީ (ލޯނަށް ހުށަހަޅާ ތާރީޚުން ފެށިގެން ޑިސެމްބަރ 2012 އާއި ހަމައަށް އެންޕީއޭގެ މައްސަލައެއް އޮތްތޯ ޗެކް ކުރެވޭނެއެވެ.)
  • ޗެކް ބައުންސް ވުމުގެ އެއްވެސް މައްސަލައެއް އޮތްތޯ.
  • ޓެކްސް ކޮމްޕްލަޔަންޓް ވާކަމަށް މީރާއިން ދޫކޮށްފައިވާ ލިޔުން ނުވަތަ ސެޓްފިކެޓް، ހިގަމުންދާ އަހަރަށް ޓެކްސް ރިޓާރން އަދި ޓެކްސް ޕޭމަންޓް ވައުޗަރ އަދި މީރާ ގައި ޓެކްސް ދެއްކުމަށް ރެޖިސްޓަރ ކުރަން ނުޖެހޭ ފަރާތެއްނަމަ، އެކަން އެނގޭނޭ ގޮތަށް މީރާއިން ލިޔުމެއް ހުށަހަޅަންވާނެއެވެ.

3.2  3.1 ގައި ދަންނަވާފައިވާ 3 ބައި ފުރިހަމަ ވާނަމަ، ބޭންކް އޮފް މޯލްޑިވްސް އިން އެ ޕްރޮޕޯޒަލްއާއި ގުޅިގެން ދެން ކުރިއަށް ގެންދަންޖެހޭ ފީސިބިލިޓީ އެނަލިސިސް އަދި ކްރެޑިޓް އެސެސްމަންޓްގެ ބައިތައް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން ލޯނަށް ހުށަހަޅާފައިވާ ފަރާތްތަކަކީ ގަވާއިދުން ޕެންޝަން އޮތޯރިޓީއަށް ފައިސާ ދައްކަވަމުންދާ ފަރާތްތަކެއްތޯ ޗެކްކުރެވޭނެއެވެ. ބޭންކް އޮފް މޯލްޑިވްސް ގެ ކްރެޑިޓް އެސެސްމަންޓަށް ފަހު ލޯނު އެޕްރޫވްވާ ފަރާތްތައް އަދި ރިޖެކްޓްވާ ފަރާތްތަކުގެ މަޢުލޫމާތު މި މިނިސްޓްރީއާ ހިއްސާކުރާނެއެވެ.

3.3  ލޯނު ދޫކުރުމުގައި ބަލާނީ، ބޭންކަށް ބޭނުންވާ ހުރިހާ ރިކުއަމަންޓްތައް (ކޮލެޓަރަލްގެ ބައި ހިމެނޭގޮތުން) އެންމެ ފުރަތަމަ ފުރިހަމަ ކުރައްވާ، ބޭންކްގެ ޕްރޮސެސް ނިންމަވާ ފަރާތްތަކަށް ފުރަތަމަ ލޯނު ދޫކުރާގޮތަށެވެ. އަދި ލޯނު އެޕްރޫވްވަމުންދާ ވަރަކުން، މިނިސްޓްރީގެ ވެބްސައިޓުގައި އެކަން އިޢުލާނުކުރެވޭނެއެވެ. މިގޮތުން، ލޯނު ސްކީމުގެ ޖުމްލަ ފަންޑުގައި ހިމެނޭ 23 މިލިއަން ރުފިޔާ ހަމަވަންދެން، ލޯނަށް ހުށަހެޅުމުގެ ފުރުޞަތު އަދި ލޯނު ދޫކުރާނެ ފަރާތްތައް ހޮވުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ.

ހުރިހާ ފަރާތްތަކުންވެސް ޕްރޮޕޯޒަލް ފުރިހަމަ ކުރައްވާ ބޭންކަށްހުށަހެޅުއްވުމާއި، އަދި ބޭންކުގެ އެސެސްމަންޓަށް ބޭނުންވާ ލިޔެކިޔުންތައް އަވަހަށް ހުށަހަޅުއްވައި، ވީހާވެސް އަވަސް ދުވެއްޔެއްގައި މި މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ އެފަރާތުގެ ޒިންމާއެކެވެ.

ސެކްޝަން 2.6 ގައިވެސް ދަންނަވާފައިވާ ފަދައިން، 1 ޑިސެންބަރު 2013 އިން ފެށިގެން، ލޯނު ފަންޑުގައިވާ ޖުމުލަ ފައިސާ ހުސްވަންދެން ލޯނު ދޫކުރަމުން ގެންދެވޭނެއެވެ. ލޯނު ފަންޑުގައި އެކިއެކި ބައިތަކަށް ދޫކުރުމަށް ކަނޑައަޅާފައިވާ ފައިސާ ބާކީ ހުރި މިންވަރު މި މިނިސްޓްރީގެ ވެބްސައިޓްގައި އަޕްޑޭޓް ކުރަމުންގެންދެވޭނެއެވެ.

މި ލޯން ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv އިން ލިބެންހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 3333134 އަށް ގުޅުއްވުން އެދެމެވެ. 

ވީމާ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

03‏ މުޙައްރަމް‏ 1435

07 ނޮވެންބަރު 2013