ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2017/356)
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް އިންޓީރިއަރ މަސައްކަތް ކުރުމާ ގުޅޭ.
މި މިނިސްޓްރީއިން މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)22-G/22/2017/64) އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެއިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 14 ނޮވެމްބަރު 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި ބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގގެ އެއް ނޯންނާނެއެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު އެޓޭޗްކުރެވިފައިއެވަނީއެވެ. މީގެ އިތުރުން މި މިއުލޫމާތު ހޯދުމަށް އަދި މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތަށް ހޮވުން:
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341301، 3341318.
އީމެއިލް: [email protected]