ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮފިތަކުގައި 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު: 1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
2- ޢުމުރުން 16 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 އަހަރު ( 2 ސެމިސްޓަރ )
ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު: 1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
އިމާމުކަމުގެ ޑިގްރީ ކޯސް
ޝަރުޠު: 1- ގުޅެދާއިރައަކުން ލެވެލް 4 ގެ ސެޓްފިކެޓެއް ޙާޞިލުކޮށްފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
3- ކޯހަށް އަހްލުވެރިކުރުމަށް ޓަކައި ހިންގާ ތައުހީލީ ( ފައުންޑޭޝަން ) ކޯހުން ފާސްވުން.
މުއްދަތު: 1 އަހަރު ( 2 ސެމިސްޓަރ )
ނޯޓް: މި ކޯހުގެ ކިޔެވުން އޮންނާނީ ހަމައެކަނި ހުކުރު، ހޮނިހިރު މި ދެދުވަހުއެވެ.
ޤުރުޢާން މުދައްރިސްކަމުގެ ޑިގްރީ
ޝަރުޠު: 1- ހ. މަރުކަޒުން ހިންގާ ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން ނުވަތަ
ށ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ސެޓްފިކެޓް ލެވެލް 4 ގެ ޤާރީކޯހެއް ފުރިހަމަކޮށް ސަނަދު ޙާޞިލްކޮށްފައިވުން.
2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 3 - އަހަރު ( 6 ސެމިސްޓަރ )
ޢަރަބިބަހުގެ ޑިޕްލޮމާ ކޯސް
ޝަރުޠު: 1- ޢުމުރުން 16 އަހަރު ފުރިފައިވުން.
2- ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 އަހަރު ( 4 ސެމިސްޓަރ )
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2017 ނޮވެމްބަރ 13 ވާ ހޯމަ ދުވަހުން ފެށިގެން މި މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2018 ޖަނަވަރީ 7 ވާ އާދީއްތަ ދުވަހުގެ 13.30ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މަތީގައިވާ ކޯސްތައް، މަރުކަޒުގެ ގޮފިތަކުގައި ހިންގޭނީ މަރުކަޒުން ހުއްދަ ދީފައިވާ ގޮތުގެ މަތިންނެވެ.