ދިވެހިރާއްޖެ
އިޢުލާން
އިސްވެރިޔާ ހުންނަވާ ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ:
މިސްކޫލްގެ ނަމްބަރ (2017 އޮކްޓޫބަރ 29) GS25/IUL/2017/12 އިޢުލާންއާއި ގުޅިގެން ދެފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވާތީ، އެ އިޢުލާން ބާތިލްކޮށް 2018 ވަނަ އަހަރު މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށް، މިމަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް 1 އަހަރު ދުވަހަށް ގެ އެއް ކުއްޔަށް ހިފުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:15 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ނޮވެމްބަރ 20 ވާ ހޯމަ ދުވަހުގެ 13:15 އަށް މި މަދަރުސާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައި ގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ.
12 ނޮވެމްބަރ 2017