ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ލޯނު އެހީގެ ފުރުސަތުތަކަށް އެދިވަޑައިގެން މިޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދި 22 އޯގަސްޓް 2017 ގައި ކުރި ނަންބަރު 89/2017/166/Loan-166(IUL) އިޢުލާނާ ގުޅިގެން ލޯނަށް އެދިވަޑއިގެން ފޯމް ހުށަހެޅުއްވި ބޭފުޅުންގެ ލިސްޓްތައް މިޑޕާޓްމަންޓްގެ ވެބްސއިޓް www.dhe.gov.mv ގައި ވާނެއެވެ. ފޯމް ހުށަހެޅުއްވި ކޮންމެ ބޭފުޅަކު ފޯމާއެކު ހުށަހެޅުއްވި މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓް ލިބޭގޮތް މިލިސްޓްތަކުން ސާފުވެވަޑައިގަންނަވާނެއެވެ. މިލިސްޓާމެދު އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، ނުވަތަ ލިބިވަޑައިގެންފައިވާ ޕޮއިންޓާމެދު އެއްވެސް ސުވާލެއް، ޝަކުވާއެއް އޮތްނަމަ، އިސްވެ ދެންނެވި ވެބްސައިޓްގައިވާ "އޯގަސްޓް 2017 ލޯން ސްކީމާބެހޭ މަޢުލޫމާތު ސާފުކުރުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިޑިޕާރޓްމަންޓްގެ ކައުންޓަރަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ. މިމުއްދަތު ނިމުމުން ލިބިފައި ހުންނަ ފޯމްތަކަށް ބަލައި ލޯނު ލިބޭނެ ބޭފުޅުން ކަނޑައެޅޭނެއެވެ. ލޯނަށް ހުޅުވާލި ބައެއް ކެޓަގަރީތަކަށް އިޢުލާންކުރި ޢަދަދަށްވުރެ ގިނައިން ދަރިވަރުން ކުރިމަތިލާފައިވާތީ، ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތުދިނުމުގެ މަޤުސަދުގައި ހުރިހާ ކެޓަގަރީއަކަށްވެސް %30 ފުރުޞަތު އިތުރުކުރުމަށްފަހު ދަރިވަރުން ހޮވާނެކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341327, 33412903341381, އާއި ގުޅުއްވުން އެދެމެވެ.
|