މަސައްކަތް
ނަންބަރު: (IUL)179-3.2/1/2017/14
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:15
ސުންގަޑި: 15 ޖަނަވަރީ 2018 15:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްގެ އޮޑިޓެއް ކުރާނެ ފަރާތެއް ހޯދުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްގެ އޮޑިޓެއް ކުރާނެ ފަރާތެއް ހޯދުން

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު: 2009/8)ގެ ދަށުން ޤާއިމުކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމް ("ކޮށާރު")ގެ އޮޑިޓެއް މޭ 2018ގައި ހެދުމަށް ބޭނުންވެއެވެ.

މަޤްޞަދު

  • މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އިންފޮމޭޝަން ސިސްޓަމް އޮޑިޓްކޮށް އެޝުއަރަންސް ޚިދުމަތް ދިނުން.
  • އޮޑިޓް ރިޕޯޓް ތައްޔާރުކޮށް، ރަނގަޅުކުރަން ޖެހޭކަމަށް އޮޑިޓްގައި ފާހަގަކުރެވޭ ކަންކަން އިސްލާޙު ކުރެވޭނެގޮތުގެ ލަފާދިނުން.

މި އޮޑިޓް ކުރަންވަން ޖެހިވަޑައިގަންނަވާނީ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް އެންޑް ކޮންޓްރޯލް އެސޯސިއޭޝަން (އިސާކާ)ގެ "އައި.އެސް އޮޑިޓް އެންޑް އެޝުއަރެންސް ސްޓޭންޑަރޑްސް"އާ އެއްގޮތްވާގޮތުގެ މަތިންނެވެ. މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނެ ޕްރޮކިއުމަންޓް މެތަޑަކީ "ލީސްޓް ކޮސްޓް ސެލެކްޝަން “(LCS) މެތަޑެވެ. މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރާ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް) ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، ފަންނީ ޤާބިލުކަމާއި އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. މި ދެ ޕްރޮޕޯޒަލް ހުށަހަޅުއްވަންވާނީ މިއޮތޯރިޓީން ދޫކުރާ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރު.އެފް.ޕީ)އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެހެންކަމުން، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ މިފަދަ ކޮންސަލްޓެންސީ މަސައްކަތް ކުރައްވާ ކުންފުނިތަކުން ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު ޢާންމުކޮށް ހުޅުވާލަމެވެެ. މިގޮތުން އެ ފަރާތެއްގެ ވަނަވަރާއި، މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދިނުމުގައި ބެލެވޭނެ އެންމެހާ މަޢުލޫމާތު ހުށަހަޅުއްވުން އެދެމެވެ. މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް، މި އިދާރާގެ ވެބްސައިޓް www.cmda.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

ހ. އޯކިޑް، 3 ވަނަ ފަންގިފިލާ

އަމީރް އަޙްމަދު މަގު

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3336619

ފެކްސް ނަންބަރު: 3336624

 

09 ނޮވެމްބަރ 2017

09 ނޮވެންބަރު 2017