ދިވެހިރާއްޖެ
މިމަދަރުސާގެ 2018 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި، ބެހޭ
މިމަދަރުސާގެ2018 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިމަދަރުސާގެ ނަމްބަރު: GS33/2017/27 އިއުލާނާއި ، ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުން ބައެއްބިޑްތައް ބާޠިލްކޮށްފައިވާތީވެ، އެއިޢުލާން ބާޠިލްކޮށް މިޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
16 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 13:30 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތުސާފުކުރުން. |
22 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 13.00 އަށް ސްކޫލްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން. |
މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާފަރާތަށް ސިޓީއެއް ދެއްވުމަށްފަހު ފޮނުވުމުން އެފަރާތުގެ ނަމުގައި މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުއްވިދާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް މިސްކޫލުން ދޫކުރާފޯމެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތުސާފުކުރައްވާފައިވާ ފަރާތްތަކުގެނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައިހުށަހަޅުއްވާ އަންދާސީހިސާބު ބާތިލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ: ފޯން ނަމްބަރ 6600034 ނުވަތަ9659595
20 ޞަފަރު 1439