މަސައްކަތް
ނަންބަރު: ADMHR-MPL/2017/213
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:36
ސުންގަޑި: 16 ނޮވެންބަރު 2017 12:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.

އަންދާސީ ހިސާބު ބޭނުންވެއްޖެ.

މަސައްކަތް

 

މިކުންފުނީގެ ހުޅުމާލޭގެ އައުޓްލެޓެއްގެ ބައެއްގައި ހުރި މަސައްކަތްތަކެއް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، ކަމާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް 14  ނޮވެމްބަރު  2017ވާ (އަންގާރަ) ދުވަހުގެ 12:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެމްބަރު 2017ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

-  ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ

-  އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ

-  ހުޅަހެޅިފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

-  އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން

-  ތަޖުރިބާއަށް މާކްސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސް ތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެއޮފީހަކުން ދީފައިވާ ރިކޮމެންޑޭޝަން ސިޓީ ފަދަ ލިޔުންތަކަށެވެ.

 

އަންދާސީ ހިސާބު ހުޅަހެޅުން:

 

އަންދާސީ ހިސާބު ހުޅަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި " މާލޭގެ އައުޓުލެޓެއްގެ ބައެއް މަސައްކަތްކޮށް ދިނުމާއިބެހޭ"  ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. އަންދާސީހިސާބު ހުށަހެޅޭނީ މިބިޑް އާ ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަނަށް ހާޟިރުވެވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

ލިޔެކިއުން ހުށަހަޅަން ޖެހޭ ތަން:

 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ސެކްޝަން

މާލެ، ދިވެހި ރާއްޖެ

 

އިތުރު މަޢުލޫމާތު:

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ،   3009,231ނަންބަރު ނުވަތަ 3009,271 ނަންބަރު ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

 

09 ނޮވެންބަރު 2017