ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2017/095
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑަށް ބޭނުންވާ ޓަޗްޕެޑް ތަކެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން.
2017 އޮކްޓޯބަރ 26 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ޓަޗްޕެޑް ތަކެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި (ނަންބަރ WAMCO-LOG/IUL/2017/92) ގުޅިގެން، 06 ނޮވެމްބަރ 2017 ވީ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މި ކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބޭއްވުނު ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ލިބިފައި ނުވުމާއި ގުޅިގެން (ނަންބަރ WAMCO-LOG/IUL/2017/92) އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމަވެ.
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) ޙާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
15 ނޮވެމްބަރ 2017 (ބުދަ) |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
23 ނޮވެމްބަރ 2017 (ބުރާސްފަތި) |
10:00 (ހެނދުނު) |
2017 ނޮވެމްބަރ 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ދެވަނަ ފަންގިފިލާ
މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.
ޕޯސްޓަލްކޯޑް:20161
ފޯން ނަންބަރު: 3000581 ، ފެކްސް ނަންބަރު: 3000584
20 ޞަފަރު 1439
09 ނޮވެމްބަރ 2017