ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)430-DBA-B/1/2017/20
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 16 ނޮވެންބަރު 2017 13:30
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
"ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނޭ ދިވެހި ނަމެއް ހޯދުމަށް

ހުޅުމާލެއާއި މާލެއާ ދެމެދު ސީނުކަރައިގެ އެހީތެރިކަމުގެ ދަށުން ސަރުކާރުން އަޅުއްވާ، "ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަށް ކިޔާނޭ ދިވެހި ނަމެއް ބޭނުންވެއެވެ. ވީމާ، މި ފާލަމަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލަމަވެ.

ނަންތައް ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންކަން:

  1. ދިވެހިރާއްޖެއާއި ސީނުކަރަ ރަމްޒުކޮށްދޭ ނަމަކަށް ވުން
  2. ދުލަށް ފަސޭހަ، ނަމަކަށް ވުން
  3. ގިނަވެގެން ނުވަ އަކުރަށް ވުރެ ދިގު ނަމަކަށް ނުވުން
  4. ރަނގަޅު މާނައެއް ދޭހަވާ ނަމަކަށް ވުން

ކޮންމެ ބައިވެރިއަކަށް ގިނަވެގެން ތިން ނަން ހުށަހެޅިދާނެއެވެ. އެންމެ ރަނގަޅު ނަމެއް ހުށަހަޅާ ފަރާތަކަށް ދިވެހިބަހުގެ އެކެޑަމީގެ ޚާއްޞަ އިނާމާއި ޝަރަފުގެ ފިލައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ނަންތައް ހުށަހަޅާނީ، އެކަމަށް ޚާއްޞަ  ފޯމު "މާލެއާއި ހުޅުމާލެއާ ދެމެދު އަޅާ ފާލަމަށް ކިޔާ ދިވެހިނަން ހުށަހަޅާ ފޯމު"  ފުރިހަމަ ކުރުމަށް ފަހު، އެ ފޯމާއި ހުށަހަޅާ ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީއާއެކު، 2017 ނޮވެންބަރު 16ވާ ބުރާސްފަތި ދުވަހުގެ، 13:30ގެ ކުރިން  [email protected]  އަށް ނުވަތަ ދިވެހިބަހުގެ އެކެޑަމީއަށެވެ. ފޯމު މި އެކެޑަމީގެ ވެބްސައިޓު www.dhivehiacademy.edu.mv އިން ލިބެން ހުންނާނެއެވެ.   

09 ނޮވެންބަރު 2017