ދިވެހިރާއްޖެ
އިޢުލާން
ގދ.ތިނަދޫގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމާއި ގުޅޭ،
ގދ.ތިނަދޫގައި 2016 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުން މިހިނގާ ނޮވެމްބަރ މަހުގެ 16 އަދި 17 މިދެދުވަހު ގދ.ތިނަދޫ މީޑިއާ ސެންޓަރ (ޕީއެސްއެމް އޮފީސް) ގައި އޮންނާނެއެވެ. ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި އެވަނީއެވެ.
ތާރީޚް |
ޒަކާތް ބެހުމަށް ހަމަޖެހިފައިވާ ގަޑި |
16 ނޮވެމްބަރު 2017 (ބުރާސްފަތި) |
20:30 ން 22:00 އަށް |
17 ނޮވެމްބަރު 2017 (ހުކުރު) |
14:30 ން 16:30 އަށް |
އަދި ދަންނަވަމެވެ. ފަޤީރުންގެ ލިސްޓުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރެވޭނީ އައި.ޑީ ކާޑު، ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑުގެ އަސްލު ގެނައުމުންނެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތަކީ ޒަކާތުގެ ޙައްޤުވެރިޔާ ފޮނުއްވި ފަރާތެއްކަމަށް ބަލައި އެފަރާތާއި ޒަކާތުގެ ފައިސާ ޙަވާލުކުރެވޭނެއެވެ. ބަދަލުގައި ބޭފުޅަކު ވަޑައިގެންނަވާ ނަމަ، އެފަރާތަށް ޒަކާތް ދޫކުރެވޭނީ ޒަކާތުގެ ޙައްޤުވެރިޔާގެ އިސްވެ ދެންނެވުނު ލިޔުންތަކުން ލިޔުމެއް ގެންނެވުމުންނެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑްގެ އަސްލު ގެންނެވުމުން ކަމުގައި ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.
ނޯޓް: ނަމާދު ވަގުތަށް ބަންގި ގޮވާ ވަގުތުން ފެށިގެން 15 މިނެޓަށް ފައިސާ ދޫކުރުން މެދުކަނޑާލެވޭނެ ވާހަކަ ދަންނަވަމެވެ.
20 ޞަފަރު 1439