ދިވެހިރާއްޖެ
ަޤާމް: އެސިސްޓެންޓް ޕަރޗެސިންގ އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް.3
މަޤާމުގެ ނަންބަރު: 150663
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: އެޑްމިނިސްޓްރޭޓިވް އެންޑް މެނޭޖްމެންޓް ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2-ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މިނިސްޓްރީއަށް ހޯދަން ބޭނުންވާ ޚިދުމަތާއި ތަކެތި ހޯދުމަށް ތައްޔާރުކުރަންޖެހޭ ލިޔެކިޔުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ތައްޔާރުކުރުން.
- މިނިސްޓްރީއަށް ހޯދަށް ބޭނުންވާ ޚިދުމަތާއި ތަކެތި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް ހޯދުން.
- މިނިސްޓްރީއަށް ހޯދާ ޚިދުމަތާއި ތަކެތި މިނިސްޓްރީއަށް ބަލައިގަތުމުގެ މަސައްކަތް ކުރަންޖެހިއްޖެ ހާލަތެއްގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާއި އެއްގޮތަށް އެތަކެތި ބަލައިގަތުން.
- މިނިސްޓްރީއިން ހޯދާތަކެތި އެހެން ރަށަކަން ނުވަތަ މާލޭގެ އެހެން ސަރަޙައްދަކަށް ފޮނުވަންޖެހިއްޖެ ހާލަތެއްގައި މިނިސްޓްރީއިން ކަނޑައަޅާ އުސޫލެއްގެ މަތިން އެތަކެތި ފޮނުވަންޖެހޭ ތަނަކަށް ފޮނުވައި އެތަކެތި ލިބުނުތޯ ޔަގީންކުރުން.
- ޚިދުމަތާއި ތަކެތި ހޯދުމުގެ މަސައްކަތުގައި ތައްޔާރުކުރެވޭ ލިޔެކިޔުން އަދި ލިބޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި ފައިލް ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާތަޢުލީމާއި، ތަމްރީން
- ދައުލަތުގެ މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިމިންވަރު
- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.
މަޤާމް: ސީނިޔަރ ޕްރޮޖެކްޓް އޮފިސަރ
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
ރޭންކް: އެމް.އެސް. 2
މަޤާމުގެ ނަންބަރު: 207102
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރ: -/6295 ރުފިޔާ
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޕޮލިސީ އެންޑް ކޯޑިނޭޝަން ސެކްޝަން
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމަންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިފައިވުން. ނުވަތަ
2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ މެނޭޖްމެންޓް/ އެޑްމިނިސްޓްރޭޓިވް ދާއިރާއަކުން ނުވަތަ ޕްރޮޖެކްޓް މެނޭޖްމެންޓް ދާއިރާއަކުން ނުވަތަ އިންޓަރނޭޝަނަލް ރިލޭޝަންގެ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭ އެކި ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެ ދިނުން.
- ސިޔާސަތުތައް ތަންފީޒު ވަމުންދާ ގޮތް ބަލާ ރިޕޯރޓްކުރުން.
- ބޭރުގެ ޖަމްޢިއްޔާތަކާއި އެކު ބައިނަލްއަޤްވާމީ މަސްވެރިކަމާއި ދަނޑުވެރިކާމާއި ގުޅޭ އެކި އެކި ސިޔާސަތުތައް ކޯޑިނޭޓް ކުރުން.
- މިނިސްޓްރީއިން ބައިވެރިވެ، ތަމްޞީލް ކުރާ ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން ބާއްވާ ޖަލްސާތަކުގެ އެޖެންޑާ ދިރާސާކޮށް ޕޮލިސީ އިންޕުޓް ކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާ ތަޢުލީމާއި، ތަމްރީން.
- މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު
މަޤާމް: ވެޓެރިނަރީ އެސިސްޓެންޓް
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ރޭންކް: ޖީ.އެސް. 3
މަޤާމުގެ ނަންބަރު: 268983
ގިންތި: ދާއިމީ
ބޭނުންވާ ޢަދަދު: 1
މުސާރަ: -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
އޮފީސް: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ޑިވިޜަން/ ސެކްޝަން: ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް
މަސައްކަތް ކުރަންޖެހޭތަން: މިނިސްޓްރީ
މަޤާމުގެ ޝަރުތު
1- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ނުވަތަ އެގްރިކަލްޗަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
2-ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް
- ދިރޭ ޖަނަވާރަށް އިމްޕޯރޓް، އެކްސްޕޯޓް ހުއްދަ ދޫކުރުމުގެ އެންމެހާ ކަންތައްތައް ކުރުމާއި، އޭގެ ޑާޓާބޭސް ބެލެހެއްޓުން.
- ދިރޭ ޖަނަވާރު ގެންގުޅޭ ފަރމްތައް ރަޖިސްޓްރީކޮށްދީ، ލައިސަންސްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި، ޗެކްލިސްޓްތައް އެކުލަވައިލާ، ފަރމްތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކުރުން.
- ދޫނި ފަރމް އަދި ޕެޓް ޝޮޕްތައް ބަލައި ފާސްކުރުމާއި، ދޫނި އެތެރެކުރުމުގެ ލައިސަންސް ދޫކުރުމާއި، ލައިސަންސްދިނުމަށް ބޭނުންވާ މިންގަނޑުތަކާއި، ޗެކްލިސްޓްތައް އެކުލަވައިލާ، ފާމްތަކުގެ ޑާޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ އެންމެހާ ކަންތައްތައް ކުރުން.
- ޖަނަވާރުގެ ޛަރީއާއިން އިންސާނުންގެ ގަޔަށް އަރާ ބަލިތަކުންނާއި، ދިރޭ ޖަނަވާރަށް ޢާއްމުކޮށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ޢާއްމުން ހޭލުންތެރިކުރުވުމުގެ މަޢުލޫމާތު ފޯރުކޮށްދިނުން.
- ޖަނަވާރުގެ އަޞްލުން އުފައްދާ އުފެއްދުންތަކަށް ވެޓެރިނަރީ ހެލްތު ސެޓްފިކެޓް ދޫކުރުން.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ލިބިފައިވާތަޢުލީމާއި، ތަމްރީން
- ދަނޑުވެރިކަމުގެ ދާއިރާއާ ބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
- ސިވިލް ސާރވިސް ޤަވާއިދަށް އަހުލުވެރި މިންވަރު.
އިތުރު ޢިނާޔަތްތައް
- ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ހުށަހަޅަންޖެހޭ ލިޔުންތައް
1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް:
4- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
5-ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ރ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވކް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުގެ ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި
މަސައްކަތް ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ
މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިހާނު ކުރުން
މިމަގާމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
ވަޒީފާއަށް އެދޭ ފޯމް މި މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެމްބަރ 21 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ ޝޯޓް ލިސްޓް ކުރެވޭނެއެވެ.
މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ 30 އިންސައްތަ ލިބެން ވާނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339241/3339244 ފޯނާއި ގުޅުއްވުން އެދެމެވެ.
20 ޞަފަރު 1439