ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިއުކޭޝަން
މާލެ، ދިވެހިރާއްޖެ
ނަމްބަރު: IUL)22-E/1/2017/355)
އިޢުލާން
މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް ކުރުމާ ގުޅޭ.
މި މިނިސްޓްރީއިން މޯލްޑިވްސް ޕޮލިޓެކްނިކް އިމާރާތުގެ ގްރައުންޑް ފޮލޯރގެ ބައެއް މަރާމާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-G/22/2017/63 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިއުލާން ބާތިލްކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.
އަންދާސީ ހިސާބު ހުށައެޅުން:
ވީމާ، މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް 12 ނޮވެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ޣާޒީ ބިލްޑިންގ ގްރައުންޑް ފޮލޯރ) އަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ހުށައާޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:
މި މަސައްކަތާއި ގުޅޭ މައުލޫމާތު އެޓޭޗްކުރެވިފައިއެވަނީއެވެ. މީގެ އިތުރުން މި މިއުލޫމާތު ހޯދުމަށް އަދި މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 11 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލްކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މަސައްކަތަށް ހޮވުން:
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވެނީ ވަރލްޑް ބޭންކުގެ " ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ގުޑްސް، ވޯކްސް އަދި ނަން-ކޮންސަލްޓަންޓް ސާވިސަސް ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341301، 3341318.
[email protected] – އީމެއިލް: