ދިވެހިރާއްޖެ
ިޢުލާން
ނަންބަރ: (IUL)412/412/2017/21
ވަޒީފާގެ ފުރުޞަތު:
- މަޤާމުގެ ނަން: މަސައްކަތު
- ވަޒީފާގެ ބާވަތް: ވޭޖް އެމްޕްލޯއިމަންޓް
- ރޭންކް: އެސް.އެސް 1
- ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
- ބޭނުންވާ ޢަދަދު: 1 (އެކެއް)
- މުސާރަ: މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް ( 40.00ރ ސާޅީސް ރުފިޔާ)
- މަސައްކަތް ކުރަންޖެހޭ ތަން/ އޮފީސް: ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި.
- ސެކްޝަން: އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
- ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓް ކުރިން މިސްކިތައް ހާޟިރުވުމާއި، ޖަމާޢަތުގައި ނަމާދުކޮށް ނިމުމުން 15 މިނެޓް މިސްކިތުގައި މަޑުކުރުމަށްފަހު ފަންކާތަކާއި ހޮޅިބުރިތަށް ނިއްވުން.
- ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތް ފޮޅައި ސާފްކުރުން.
- މިސްކިތުގެ ދޮރާއި ދޮރުފަތް ހަފްތާއަކު 4 ދުވަހު ފޮހެ ސާފް ކުރުން.
- ކޮންމެ ދުވަހަކު 1 ފަހަރު މިސްކިތުގެ އެތެރެއާއި ފެންޑާތަކުގައި މޮޕްލުން.
- މިސްކިތުގެ ފަންކާތަށް ކޮންމެ ހަފްތާއަކު 1 ފަހަރު ސާފްކުރުން.
- މިސްކިތުގެ ގޯތިތެރެއާއި ވަށައިގެންވާ މަގުތަކުގެ ވިނަނޮޅުމާއި، ކުނިކަހައި ސާފް ކުރުން.
- މަހަކު 1 ފަހަރު މިސްކިތުގެ ވަޅުދިޔަ ހިއްކައި ވަޅު ސާފްކުރުން.
- މީގެ އިތުރުން މަޤާމްގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތަށް.
- މަޤާމުގެ ޝަރުޠުތައް:
- ލިޔަންކިޔަން ދަތުމާއެކު މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.
- ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.
(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.
(3) މަސައްކަތުގެ ހުނަރާއި ޤާބިލްކަން.
އިންޓަވިއު ކުރުން:
ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ގއ.ކޮނޑޭ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.
- ވަޒީފާއަށް އެދެންވީގޮތް:
މިވަޒީފާއަށް އެދޭ ފަރާތްތަކުން 2017 ނޮވެމްބަރ 20 ވަނަ ދުވަހުގެ 14.00 ގެ ކުރިން، ގއ.ކޮނޑޭ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
- ހުށަހަޅަންޖެހޭ ލިޔުންތައް:
- މި މަޤާމަށްއެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމް މި ފޯމް، މި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) ން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
- މި މަޤާމަށް ކުރިމަތިލާފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
- ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ސިޓީ،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ .
- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
އިތުރު ތަފްޞީލު.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.
- ވަޒީފާއަށް އެދިފައިވާ ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ އިތުރުނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.
ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުން:
ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.
އިތުރު މަޢުލޫމާތު:
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6820019 ފޯނަށް ގުޅުއްވުމުން މަޢޫލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
08 ނޮވެމްބަރ 2017