ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)403-A/403/2017/99
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 16 ނޮވެންބަރު 2017 13:00
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖްއެމްޕްލޯއިމަންޓުގެ ދަށުން މަސައްކަތު މީހަކު ހޯދުމާއި ބެހޭ

c

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ          

    މާމެންދޫ

   ދިވެހިރާއްޖެ

                                                                  

ނަންބަރ: (IUL)403-A/403/2017/99 

އިޢުލާނު

ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މަސައްކަތު މީހަކު ހޯދުމާއި ބެހޭ

      ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން އަލަށް ޢިމާރާތް ކުރެވުނު މިސްކިތަށް މަސައްކަތު މީހަކު ބޭނުންވެއްޖެ.                 

މަޤާމް:             މަސައްކަތު

މަޤާމުގެ ނަންބަރ:       --

ބޭނުންވާ އަދަދު:        5

މަޤާމުގެ ގިންތި:        ވަގުތީ

މަޤާމުގެ ރޭންކް:        އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް1

ސެކްޝަން: އިކޮނޮމިކް    ސޯޝަލް އެންޑް މުނިސިޕަލް ސެކްޝަން

މަޤާމް އޮތް އޮފީސް:     މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭތަން: ހައްދުންމަތީ މާމެންދޫ ހުދާ މިސްކިތް

މުސާރަ:             މަސައްކަތްކުރާ ގަޑިއަކަށް -/40 ރުފިޔާ

މަޤާމުގެ މަސްޢޫލިއްޔަތާއި

ވާޖިބުތައް:           މިސްކިތާއި މިސްކިތުގެ ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމާއި މަޤާމުގެ މަސައްކަތާއި ގުޅޭ އެހެނިހެން    

                 މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު:      ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލް

ފަރާތެއް ހޮވުމަށް ބެލޭނެ

ކަންތައްތައް:          ލިބިފައިވާ ތަޢުލީމާ ތަޖުރިބާ އަދި އިންޓަރވިއުއަށް

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

1-          ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

2-          ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-          ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި

       ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-        ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،

      އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-          ލިބިފައިވާ ހުރިހާ ސެޓުފިކެޓުތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

   (ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓު

       ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

6-          ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓު ތަކުގެ ކޮޕީ.

7-          މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން  ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

   (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް

      އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސިޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ

      ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް

      އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި

ސުންގަޑި:           ވަޒީފާއަށް އެދޭފޯމް ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި

                 ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން،

                 ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް

                 ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected]  އެވެ.

                 އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލް

                 ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ

ތަނާއި މުއްދަތު:       މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 20 ނޮވެންބަރު 2017 އާއި 23 ނޮވެންބަރު 2017

                 އާ ދެމެދު ހައްދުންމަތީ މާމެންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ

                 ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:    މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް

                ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ މާރކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް

ކަނޑައަޅާފައިވާ ކްރައިޓީރިއާގެ

ހުރިހާ ބަޔަކުން އެންމެ

ދަށްވެގެން ލިބެންޖެހޭ ޖުމްލަ

އިންސައްތަ:             މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30

                    ލިބެން ޖެހޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:     މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ސާފު ކުރުމަށް ގުޅުއްވާނީ 6800705 ނަންބަރު ފޯނަށެވެ.

 

                                  19 ޞަފަރަ 1439      

08 ނޮވެންބަރު 2017

 

 

ޢަބުދުލް މުޙުސިން މުޙައްމަދު

                                                                  ކައުންސިލްގެ ރައީސް

08 ނޮވެންބަރު 2017