ދިވެހިރާއްޖެ
ވ. އަތޮޅު ހޮސްޕިޓަލްގެ އުތުރުފަރާތު ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް، މިހޮސްޕިޓަލްއިން ދައްކާ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލްގައިވާ ގޮތަށް މަޢްލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢްލޫމަތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ވ. އަތޮޅު ހޮސްޕިޓަލްގައެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
12 ނޮވެމްބަރ 2017 ( އާދިއްތަ ) 11:00 އަށް |
16 ނޮވެމްބަރ 2017 ( ބުރާސްފަތި ) 13:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަމްބަރު ފޯނާއެވެ.
19 ޞަފަރު 1439ހ.
08 ނޮވެމްބަރ 2017މ.
ޙަސަން ޢަލީ
މެނޭޖަރ، ހެލްތް ސަރވިސަސް