ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2017/217
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 16:35
ސުންގަޑި: 15 ނޮވެންބަރު 2017 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެމް.އާރް.ވީ އެންޑް ފައިނޭންސް ކޯޑިނޭޓަރ

ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު ހުށައަޅަންޖެހޭ ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ތައްޔާރުކުރުމުގެ މަޝްރޫއަށް އެމް.އާރް.ވީ. އެންޑް ފައިނޭންސް ކޯޑިނޭޓަރ (އެމް.އެފް.ސީ.) އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އެމް.އާރް.ވީ އެންޑް ފައިނޭންސް ކޯޑިނޭޓަރ (އެމް.އެފް.ސީ.)

 

އ.ދ.ގެ މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ މުއާހަދާ، ޔުނައިޓަޑް ނޭޝަންސް ފްރޭމްވާރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ.) ގެ ދަށުން ކޮންމެ ދެއަހަރަކުން އެއް އަހަރު، މެންބަރ ކޮންމެ ގައުމަކުންވެސް އެގައުމަކުން ބޭރުކުރާ ވިހަގޭހުގެ މިންވަރާއި މިމިންވަރު މަދު ކުރުމަށް ކުރާ މަސައްކަތްތަކާއި އެ މަސައްކަތްތަކަށް ކުރާ ހަރަދުތަކުގެ ތަފްސީލް ބައިއެނުއަލް އަޕްޑޭޓް ރިޕޯޓް (ބީ.ޔޫ.އާރ) ގެ ސިފައިގައި ހުށައަޅަންޖެހެއެވެ. މިގޮތުން ބީ.ޔޫ.އާރ. ރިޕޯޓް ތައްޔާރުކުމުގެ މަޝްރޫއުގެ މަސައްކަތްތައް ރާވާ ހިންގުމަށް އެއް (01) އެމް.އާރް.ވީ އެންޑް ފައިނޭންސް ކޯޑިނޭޓަރ އައްޔަންކުރުމަށް ބޭނުންވެއެވެ.

 

މި މަޝްރޫޢުގެ އެމް.އާރް.ވީ. އެންޑް ފައިނޭންސް ކޯޑިނޭޓަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބީ.ޔޫ.އާރ އެކުލަވާލުމުގެ މަޝްރޫއުގެ ތެރެއިން އެމް.އޯ.އައި އަދި އެމް.އާރް.ވީ. އެސެސްމެންޓް ތަކާ ގުޅުންހުރި  އެންމެހާ މަސައްކަތްތައް ރާވާ ހިންގާ، މިމަސައްކަތްތައް ކުރިއަށް ދާ ފެންވަރު ދުވަހެއް ދުވަހަކަށް ވިލަރެސްކޮށް އަދި ކްލައިމެޓް ފައިނޭންސް އެންޑް އެމް.އާރް.ވީ. ވޯރކިންގް ގްރޫޕް (ސީ.އެފް.އެމް.ޑަބްލިޔު.ޖީ.) އަށް ދޭންޖެހޭ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ހިމެނެއެވެ.  

 

އެމް.އާރް.ވީ އެންޑް ފައިނޭންސް ކޯޑިނޭޓަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) މެނޭޖްމެންޓް، ފައިނޭންސް ނުވަތަ އެންވަޔަރަންމެންޓަލް ގަވަރނެންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ގްރެޖުއޭޓް ޑިގްރީއެއް ޙާސިލް ކޮށްފައިވުން.

(ށ) ކްލައިމެޓް ޗޭންޖް ގެ ދާއިރާއިން ތަޖްރިބާ ލިބިފައިވުމާ އެކު ރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ މައުލޫމާތު މުއްސަދި އަދި  ދާއިރާއަށް އަހުލުވެރި ފަރާތަކަށްވުން

(ނ) ތަފާތު ހުނަރުތައް އެކުލެވޭ ޓްކްނިކަލް ޓީމަކާއެކު ގުޅިގެން މަސައްކަތް ކުރުމާއެކު ގްރީން ހައުސް ގޭސް އިންވެންޓްރީ ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ، ސުޕަވައިޒް ކުރުމުގެ ގާބިލްކަން ހުރި ފަރާތަކަށްވުން.

(ބ) ބައިއެނުލް ރިޕޯޓިން، ނޭޝަނަލް ކޮމިއުނިކޭޝަން ނުވަތަ މިނޫނަސް ބައިނަލް އަގްވާމީ މުއާހަދާކާއި ގުޅުން ހުރި މަސައްކަތުގެ އަމަލީ ތަޖްރިބާ ހުރި، އަދި އ.ދ ގެ އުސޫލުތަކާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށް އިސްކަން ދެވޭނެ.

 

(ޅ) ސަރުކާރުގައި ނުވަތަ ގުޅުން ހުރި ޑިޕާޓްމަންޓް/އިދާރާއެއް ގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެ.

(ކ) މައިކްރޯސޮފްޓް އޮފީސް ޕެކޭޖްއަށް އަޙުލުވެރިވެފައިވުން.

(އ) ފަރިތަކަމާއި އެކު އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތް ކުރުމާއި ޕްރެޒެންޓޭޝަން ދިނުމާއި އަދި ނެގޯސިއޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.

(ވ) ރާއްޖޭގައި މިފަދަ މަޝްރޫއުތަކުގައި މަސައްކަތްކޮށް ތަޖުރިބާލިބިފައިވުމަކީ މިކަމަށް ކުރިމަތިލައްވާ ފަރާތްތައް ހޮވުމުގައި އިސްކަން ދެވޭނެ ކަމެއް.

(މ) އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

(ފ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭނެ ފަރާތަކަށް ވުން.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

 

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 30,000 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ސޮއި ކުރެވޭނީ 20 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ.
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 2017ނޮވެންބަރު 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392،

ދިވެހިރާއްޖެ

ފޯނު ނަންބަރު: 3018329

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329 ,   3018330 އަށް ގުޅުއްވުން އެދެމެވެ.

 

 

                            7 ނޮވެމްބަރ 2017

07 ނޮވެންބަރު 2017