މަސައްކަތް
ނަންބަރު: (IUL)283-BF/283/2017/45
ޕަބްލިޝްކުރި ތާރީޚް: 07 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި: 23 ނޮވެންބަރު 2017 14:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯގޯއެއް ފަރުމާކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

         އަންނަ 2018 ވަނަ އަހަރަކީ ފުނަދޫ އާބާދުކުރަންފެށިތާ 50 އަހަރު ފުރޭ އަހަރަށް ވާތީ އެއަހަރު ކުލަގަދަގޮތެއްގައި ފާހަގަ ކުރުމަށް ފުނަދޫކައުންސިލުން ވަނީނިންމާފައެވެ. ވީމާ މި ޚާއްސަ އަހަރު ފާހަގަ ކުރުމަށްޓަކާ ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

         ލޯގޯއިން ފުނަދުއަށް 50 އަހަރު ފުރުން ރަމްޒުކޮށްދޭންވާނެއެވެ. އަދި ފުނަދޫގެ ތާރީޚާއި ސަޤާފަތް އަދި ފުނަދޫ އާބާދުވެގެން އައިގޮތް ވަރަށް ފުރިހަމައަށް ރަމްޒުކޮށްދޭންވާނެއެވެ. މީގެއިތުރުން މި މުނާސަބަތައް ދޭނެ ޚާއްސަ ނަމެއް ލޯގޯގައި ހިމަނަންވާނެއެވެ.

 އިނާމު ހުށައެޅިފައިވާގޮތް:

     1 ވަނަ އަށް ހޮވޭ ލޯގޯއަށް -/5000 ރ (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

         ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  ފަރުމާކުރެއްވި ލޯގޯއާއި ،އެލޯގޯއިން ރަމްޒުކޮށްދެނީ ނުވަތަ މާނަކުރެވެނީ ކޮންއެއްޗެއް، ކޮންކަމެއް ނުވަތަ ކޮންތަނެއްކަން އެގޭނޭ ލިޔުމެއް ހުށައަޅާފަރާތުގެ ޕްރޮފައިލަކާއި އެކު   23 ނޮވެމްބަރ 2017 ވާ ބުރާސްފަތިދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގެ އީ-މެއިލް އެޑްރެސް  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7926232 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

07 ނޮވެންބަރު 2017