ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު A)CA-2013/599)ފ(23 އޮކްޓޫބަރު 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: SC-C/42ފ/2013 ޤަޟިއްޔާ (2013 އޮކްޓޫބަރު 7) ގެ ޙުކުމާ ގުޅިގެން 2013 ނޮވެންބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އައްޑޫސިޓީގެ މީދޫގައި ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ އައްޑޫސިޓީ، އަތޮޅު މަދަރުސާގެ ކުރިމަތީގައި ހުރި އެސްޓީއޯ ބިލްޑިންގގެ ގްރައުންޑް ފްލޯގައެވެ. އެހެންކަމުން، މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަހައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ނަންބަރު |
# |
އައްޑޫ ސިޓީ، މީދޫ އަތޮޅު މަދަރުސާގެ ކުރިމަތީގައި ހުރި އެސްޓީއޯ ބިލްޑިންގް ގެ ގްރައުންޑް ފްލޯ |
މި ފޮށްޓަށް ވޯޓުލާނީ މީދޫ ނަރުގިސްމަގު ފެށޭ ހިސާބުން ހުޅަނގަށް ގޮސް، ކޯގަންނުމަގުން އުތުރަށްގޮސް، ގުލްފާމްމަގުން ހުޅަނގަށް ގޮސް، ބަހާއުއްދީންމަގުން ދެކުނަށް ގޮސް،އަޅިވިލާމަގުން ހުޅަނގަށް ގޮސް، މަހުމޫދީ ހިނގުމުން ދެކުނަށް ގޮސް، ޒިޔާރަތް ގޯޅިން ހުޅަނގަށް ގޮސްއެމަގު ނިމޭ ސަރަހައްދުގެ ދެކުނު ފަޅީގައި ހިމެނެ ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ. |
އައްޑޫ، މީދޫ-2 |
S01.1.2 |
1 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
3 މުޙައްރަމް 1435