|
|
01. މަގާމް
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
|
މަޤާމް ނަމްބަރު:
|
255944
|
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
|
މަޤާމުގެ ރޭންކް:
|
ޖީ އެސް 3
|
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
|
|
ސެކްޝަން:
|
ބިޒްނަސް ރެޖިސްޓްރޭޝަން ސެކްޝަން / އަދަރ ޕާރމިޓްސް އެންޑް ބިޒްނަސް ސަރވިސަސް ޔުނިޓް
|
|
|
މަޤާމް އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
|
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'
|
|
|
މުސާރަ:
|
-/4465 ރުފިޔާ
|
|
|
ސަރވިސް އެލަވަންސް:
|
-/1500 ރުފިޔާ
|
|
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.
|
|
|
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
|
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
|
|
- ފޮރިން އިންވެސްޓްމަންޓާގުޅޭގޮތުން ކަސްޓަމަރުން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން
- ވިޔަފާރި ރަޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ނަން ފާސްކުރުން
- ރަޖިސްޓްރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީތައް ދުވަހުން ދުވަހަށް ފައިލަކޮށް ބެލެހެއްޓުން.
- އަލަށް ރަޖިސްޓްރީ ކުރަން ހުށަހަޅާ ކުންފުނި، ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކުގެ މަޢުލޫމާތު ޗެކް ކުރުމާއި އެޕްލިކޭޝަން ޕްރޮސެސް ކުރުން
- ކުންފުނީގެ ސިއްކަ ރަޖިސްޓްރީ ކުރުމާބެހޭ ހުރިހާ ކަމެއް ކުރުން. (ކައުންޓަރުން ވަގުތުންދޭ ޚިދުމަތް)
- ސަރުކާރުގެ އޮފީސް، އެހެނިހެން ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން
- ޝެއަރ ޓްރާންސްފަރ ހެދުމުގެ ހުރިހާ މަސައްކަތް ކުރުން.
- ކުންފުނީގެ ކެޕިޓަލް އިތުރުކުރުމާއި އުނިކުރުމުގެ މަސައްކަތް ކުރުން
- ކުންފުނީގެ އެނުއަލް އެކައުންޓްސް ބަލައި ގަތުން.
- ކުންފުނީގެ ނަން، އެޑްރެސް ބަދަލުކުރުން.
- ކުންފުނި،ޕާޓްނަރޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީ ލިކުއިޑޭޓް ކުރުމާ ބެހޭ ހުރިހާ ކަމެއް ކުރުން
- ކުންފުނިތަކުގެ ފައިލްތައް ތަރުތީބުކޮށް ބެލެހެއްޓުން
- ރަޖިސްޓްރީކުރުމަށް ނުވަތަ އާކުރުމަށް ހުށަހެޅޭ ވިޔަފާރިނަން ރަޖިސްޓްރީކޮށް ދިނުން
- ރަޖިސްޓްރީކުރެވޭ އަދި ކެންސަލް ކުރެވޭ ވިޔަފާރިނަންތައް ސިސްޓަމުން އަޕްޑޭޓްކުރުން
- ރަޖިސްޓްރީތަކަށް ނެގޭ ފައިސާ ބަލައިގަތުން އަދި އޮންނަ އުސޫލެއްގެ މަތިން އެދުވަހަކު ބަލައިގަނެވޭ ފައިސާއެއްގެ ޑޭޓާ ބަލަހައްޓާ ބެޖެޓް ސެކްޝަނާ ހަވާލުކުރުން
- ރަޖިސްޓްރީކުރެވޭ ވިޔަފާރިނަން ދުވަހުން ދުވަހަށް ފައިލްކުރުން
- ރަޖިސްޓްރީކުރުމަށް ހުށަހެޅޭ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ހުރިހާ ކަމެއް ކުރުން
- ރަޖިސްޓްރީކުރެވޭ އަދި ކެންސަލްކުރެވޭ އަމިއްލަ ފަރުފުންގެ ވިޔަފާރި ސިސްޓަމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީތައް ދުވަހުން ދުވަހަށް ފައިލަކޮށް ބެލެހެއްޓުން.
- ކައުންޓަރުން ކަސްޓަރމަރުންނަށް ދޭ ވިޔަފާރި ޚިދުމަތްތަކާއި ގުޅޭ ހުރިހާ ހުއްދައެއް ހެދުމާ ކެންސަލް ކުރަންޖެހޭ ހުއްދަތައް ކެންސަލްކުރުމާ އިމްޕޯރޓް އަދި އެކްސްޕޯރޓް ލައިސަންސް ހެދުން
- ދުވަހުން ދުވަހަށް ތައްޔާރުކުރަންޖެހޭ ރިޕޯރޓުތައްހެދުމާއި ފައިލުކުރަންޖެހޭ ލިޔެކިޔުންތައް ފައިލްކުރުން.
- ހުއްދަ/ލައިސަންސް ގެ ފައިސާ ބަލައިގަތުމާއި، ފައިސާ ބެލެހެއްޓުން އަދި އެ ދުވަހެއްގެ ކައުންޓަރ މަސައްކަތް ނިމުން، އެދުވަހަކު ބަލައިގަތް ފައިސާ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބަޖެޓް ސެކްޝަނާ ޙަވާލުކުރުން
- ފައިސާ ނުދައްކާ ވިޔަފާރި ހުއްދަތައް ސިސްޓަމުން ކެންސަލްކުރުން. އަދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ކޮންމެ މަހަކު ފޮނުވާ ރިޕޯޓް ލިބުމުން އެ ރިޕޯޓަށް ބަލައި ސިސްޓަމް އަޕްޑޭޓްކުރުން.
- މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން
- މިނިސްޓްރީއިން ވަގުތީގޮތުން ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއްކުރުން
|
|
|
- މަޤާމުގެ ޝަރުތުތައް:
|
|
|
|
- އެޑްމިނިސްޓްރޭޝަން /މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
|
02. މަގާމް
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
|
މަޤާމް ނަމްބަރު:
|
110896
|
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
|
މަޤާމުގެ ރޭންކް:
|
އެމް.އެސް 1
|
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން/ ހިއުމަން ރިސޯސް ޔުނިޓް
|
|
|
މަޤާމް އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
|
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'
|
|
|
މުސާރަ:
|
-/5610 ރުފިޔާ
|
|
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
|
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.
|
|
|
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
|
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
|
|
- މަސައްކަތު އަހަރު ފެށުމުގެ ކުރިން މިނިސްޓްރީގެ ދާއިރާތަކަށް ބޭނުންވާ ފޯމްތައް ފޮނުވުމާއި މުވައްޒަފުންގެ މަސައްކަތު ޓާގެޓް ސެޓް ކުރުމަށް ދެންނެވުން
- މަސައްކަތުގެ ފެންވަރު ބެލުމާއި ބެހޭގޮތުން އެއްވެސް މުވައްޒަފަކު ޝަކުވާއެއް ހުށަހަޅައިފިނަމަ ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެމައްސަލައެއް ޙައްލުކުރުމަށް މަސައްކަތް ކުރުން.
- މުވައްޒަފުންނަށް ތަމްރީން ބޭނުންވާ ރޮނގުތައް ފާހަގަކޮށް ޒިންމާދާރު އިސްވެރިޔާއަށާއި ހިއުމަން ރިސޯސް ޕެނަލް އަށް ހުށަހެޅުން.
- މުވައްޒަފުންގެ ޓްރޭނިންގ ރިކްއަމަންޓް ތައްޔާރުކުރުމާއި ސްކޮލަރޝިޕްއާއި ކުރު ކޯސްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި މުވައްޒަފުންގެ ޓްރެއިންގއާއި ބެހޭ ދަފްތަރު ބެލެހެއްޓުން
- ޓްރެއިނިންގ ފޯކަލް ޕޮއިންޓެއްގެ ގޮތުން ސިވިލް ސަރވިސް އިން ޓްރެއިންގއާއިބެހޭގޮތުން އަންނަ ސަރކިއުލަރ، ސަރކިއުލަރނޯޓް، ސިޓީ އަދި ނޯޓް ތަކަށް ޖަވާބު ފޮނުވުން
- ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން
- ފޯމްތައް މިނިސްޓްރީގެ ދާއިރާތަކަށް ފޮނުވުމުގެ ކުރިން ސެކްޝަން 1 ގައިވާ "މަސައްކަތުގެ ފެންވަރުބެލޭ މުވައްޒަފާ ބެހޭ މަޢްލޫމާތު" އެމުވައްޒަފެއްގެ މަޢުލޫމާތު ފައިލުގައި ރެކޯޑްތަކާއި އެއްގޮތަށް ފުރިހަމަކުރުން.
- މަސައްކަތު އަހަރު ކަނޑައެޅިފައިވާ ޓާގެޓް ސެޓްކޮށް މުވައްޒަފުންނާއި މުޢާމަލާތު ކުރެވިފައިވޭތޯ ބެލުން.
- މަސައްކަތު އަހަރުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައިގަނޑު މަސައްކަތް ކުރުމަށް މިނިސްޓްރީގެ ދާއިރާތަކުގައި ދެންނެވުން.
- ފޯމްތައް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ފޯމްތައް ފުރިހަމަކޮށްފައިވޭތޯ ބެލުން.
- ދާއިރާގެ މުވައްޒަފުންގެ ޢަދަދާއި، ޓާގެޓް ކަނޑައެޅިފައިވާ މުވައްޒަފުންނާއި، ފޯމްތައް ފުރިފައިވާ މުވައްޒަފުންގެ މަޢްލޫމާތު އެއްކުރުން.
- ފޯމްތައް ދިރާސާ ކުރުމަށްފަހު، އޭގެތެރެއިން އެއްވެސް ފޯމެއް ފުރިހަމަކޮށްފައިވަނީ ހަމަޖެހިފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި ތަފާތުގޮތަކަށް ކަމަށް ފެންނަނަމަ، ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތިން އެދާއިރާއަކާއި މަޝްވަރާކޮށްގެން އެކަންތައްތައް ބަލައި ޙައްލުކުރުން.
- ޕޮއިންޓް ދީފައިވަނީ ދާއިރާތަކަށް ޕޮއިންޓް ދިނުމަށް ފޯމްގައި ކަނޑައަޅައިފައިވާ އިންތަކުގެ ތެރެއިންތޯ ނުވަތަ ނޫންތޯ ބަލައި ޗެކް ކުރުން. އަދި ބައެއްބައިތަކަށް މާމަތިން ނުވަތަ މާދަށުން ޕޮއިންޓް ލިބިފައިވާނަމަ، މިކަން ހިއުމަން ރިސޯސް ޕެނަލްގެ ސަމާލުކަމަށް ގެނައުން.
|
|
|
މަޤާމުގެ ޝަރުތުތައް:
|
|
|
|
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އައި.ޓީ/ ލޯ އަދި ފައިނޭންސްގެ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.
|
|
|
03. މަގާމް
|
ކޭޝިއަރ
|
|
|
މަޤާމް ނަމްބަރު:
|
110461
|
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
|
މަޤާމުގެ ރޭންކް:
|
ޖީ އެސް 3
|
|
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
|
|
ސެކްޝަން:
|
އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓް
|
|
|
މަޤާމް އޮތް އޮފީސް:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
|
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'
|
|
|
މުސާރަ:
|
-/4465 ރުފިޔާ
|
|
|
ސަރވިސް އެލަވަންސް:
|
-/1500 ރުފިޔާ
|
|
|
އިތުރު ޢިނާޔަތްތައް:
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.
|
|
|
|
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
|
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
|
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
|
|
|
- މިނިސްޓްރީ އަށް ދައްކާ ހުރިހާ ފައިސާ އެއް ދުވަސް ނިމުމުން ހަވާލުވެ ޑެއިލީ ރިޕޯޓް ތައްޔާރުކުރުން.
- ފޮރިން އިންވެސްޓްމަންޓްތަކުން ދައްދާ ރޯޔަލްޓީ ފައިސާ ބަލައިގަތުމާއި ޑެއިލީ ރިޕޯޓްގައި ހިމެނުން
- މިނިސްޓްރީއަށް ބަލައިގަންނަ ފައިސާ އިންލެންޑް ރެވެނިއުއަށާއި އެމް.އެމް. އޭ އަށް ޖަމާކުރުން.
- އާމްދަނީ ރިޕޯޓް ތައްޔާރުކޮށް އޮޑިޓް އޮފީހަށް ފޮނުވުން
- ރަސީދު ފޮތް ތަކުގައި ސީރިއަލް ނަންބަރ ޖަހާފައިވާގޮތަށް ތަރުތީބުކޮށް ރަސީދުހެދުމާއި ފޮތު ނަންބަރު ޖަހާ އޮޑިޓް އޮފީހުގެ ޤަވާޢިދު އި އެއްގޮތަށް ބެލެހެއްޓުން
- ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުގެ 12 ޖެހުމުގެ ކުރިން ކުރީ ހަފްތާގެ ތިޖޫރީ ރޮޕޯޓް އޮޑިޓް އޮފީހަށާއި މިނިސްޓްރީ އޮފް ފިނޭންސްއަށް ފޮނުވުން.
- މާލީ ބަޔާން އަދި ބަޖެޓް ތައްޔާރުކުރުމުގައި ސުޕަވައިޒަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ސެކްޝަނުގެ މުވައްޒަފެއް ޗުއްޓީ ނެގުމުން ނުވަތަ ސަލާމް ބުނުމުން އެމުވައްޒަފަކު ކުރާ މަސައްކަތް ކުރުން
- މިނިސްޓްރީގެ މުވައްޒަފުން ކުރާ ދަތުރު ތަކަށް ހުއްދަ ހޯދައި ޕީ.ވީ ހެދުމަށް ޙަވާލުކޮށް، ޗެކް ނިމުމުން ފައިސާ ބަލައިގޮސްގެނެސް މުވައްޒަފުންނާ ޙަވާލު ކުރުން. އަދި އެމުވައްޒަފަކު އަނބުރާ އައުމުން އިންސިޑެންޝަލް ރިޕޯޓް ހޯދައި ބާކީ ފައިސާ އަނބުރާ ޖަމާކުރުން.
- އޮފީހުގެ މަސައްކަތާ ގުޅިގެން އެވަގުތަކު ސެކްޝަން ހިންގުމާ ޙަވަލުވެ ހުރި ވެރިއަކު އަންގާ މަސައްކަތް ކުރުން
- ބަޖެޓާއިބެހޭ ގޮތުން ފޮނުވަންޖެހޭ ހުރިހާ ސިޓީއެއް ތައްޔާރުކޮށް ފޮނުވުން
- މިނިސްޓްރީއިން ވަގުތީގޮތުން ކަމެއް ޙަވާލުކޮށްފިނަމަ އެކަމެއްކުރުން
|
|
|
މަޤާމުގެ ޝަރުތުތައް:
|
|
|
|
- ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގް /ބިޒްނަސް މެނޭޖްމަންޓް އަދި އިކޮނޮމިކްސް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، ފައިނޭންސް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގް /ބިޒްނަސް މެނޭޖްމަންޓް އަދި އިކޮނޮމިކްސް ގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
|
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ޙާސިލް ކޮށްފައިވާ ތައުލީމާއި، ތަމްރީނަށް ބަލައިގެން
- މަސައްކަތުގެ ދާއިރާއިން ތަޖުރިބާއްށް ބަލައިގެން
- ޤާބިލްކަން ކަށްވްރު ކުރުމަށް އިންޓަރވިއުކޮށްގެން
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.
6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ، ސެޓްފިކެޓްތަކުގެ ކޮޕި.
8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
|
|
ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި މި އިދާރާގެ (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (15 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، ( [email protected] )
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:
|
|
|
- މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
ޝޯޓްލިސްޓް ކުރުން:
|
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
|
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.
|
|
|
|
|
- ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ.
- މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.
|