ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)377/377/2017/37
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 15 ނޮވެންބަރު 2017 14:00
ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ބޭނުންވެއްޖެ

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

މަޤާމް:

މަސައްކަތު

މަޤާމު ނަންބަރު:

J-221228

ބޭނުންވާ ޢަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާރޒް

މަޤާމު އޮތް އޮފީސް:

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ / ދ.ރިނބުދޫ

މުސާރަ:

3,100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

1,000.00 (އެއްހާސް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ އަދި ދަތުރު އެލަވަންސް

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.  ރަސްމީ ކޮންމެ ދުވަހެއްގައި އިދާރާ ހުޅުވުމުން އިދާރާތެރެ ކުނިކަހާ ފޮޅާސާފުކުރުމާ ހަފުތާއަކު01 ފަހަރު އެތެރޭ މޮޕްއަޅާ ސާފުކުރުން .

2.  ކައުންސިލް އިދާރާގެ ފަންކާތަކާ، ހޮޅިބުރި، ބޮކި އަދި ސީލިންގ މަހަކު 2ފަހަރު ފޮޅާސާފުކުރުން.

3.   ކައުންސިލް އިދަރާއިން އެކިފަރާތްފަރާތަށް ރައްދުކުރަން ޙަވާލުކުރާ ލިޔުންތައް އަމާނާތްތެރިކަމާއެކު އެފަރާތަކާ ޙަވާލުކުރުން.

4.   ކައުންސިލް އިދާރާއަށް ޙާޟިރުކުރަންޖެހޭ މީހުންނަށް ޙާޟިރުވުމަށް އެންގުން.

5.   ކައުންސިލް އިދާރާއިން ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ނުވަތަ އެހެންވެސް ބޭނުމެއްގައި އިންތިޒާމްކުރަންޖެހޭ ޖަލްސާ/ބައްދަލުވުންތަކަށް އިދާރާއިން އަންގާ ގޮތަކަށް އެތަނެއް ތައްޔާރުކުރުން.

6.   ކައުންސިލް އިދާރާގެ ގޯއްޗާ،ގޯއްޗާގުޅިފައިވާ މަގުތަކުގައިވާ  ގަސްތައް ކޮށާ، ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

7.   ކައުންސިލް އިދާރާގެ ފާޚާނާތަކާ،ވަޅު ހަޑިވިޔަނުދީ  ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.

8.   ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރި ވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

9.   ކައުންސިލް އިދާރާގެ އަލަމާރިތަކާ، ފައިލިންގް ކެބިނެޓްތަކާ، ފައިލްބަހައްޓާ ހަރުގަނޑުތަކާ، މޭޒްތަކާއި ގޮނޑިތައްފަދަ ތަންތަން އަބަދުވެސް ސާފުތާހިރުކަންމަތީ ބެހެއްޓުން.

10.  ރަށުގެ ބަނދަރާއި، އިޖްތިމާޢީ ސަރަޙައްދުތަކާއި  އަދި މަގުތަކުގައި ޖަހާފައިވާ ބައްތިތަކުގެ ހޮޅިބުރި، ސްޓާޓަރ ބަދަލުކުރުމާ ކުދިކުދި މަރާމާތުުގެ މަސައްކަތް ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތީން ކުރުން.

11.  ކައުންސިލް އިދާރާގެ ގޯތިތެރޭ ބަގީޗާ އިންދާ ހައްދާ ބެލެހެއްޓުން.

12.  ކައުންސިލް އިދާރާއިން ކުރަންޖެހޭ ކަރަންޓާބެހޭ ކުދިކުދި މަސައްކަތްތައް ކުރުން.

13.  ރަށުގައި މަދިރި/ ހުވަނި ކޮންޓްރޯލް ކުރުމަށްޓަކާ ފޮގް ކުރުމުގެ މަސައްކަތް ކުރާއިރު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އެ މަސައްކަތުގައި  ބައިވެރިވުން.

14. އާއްމު ރައްޔިތުންނަށް ބޯފެންދޫކުރުމަށް ބަހައްޓާފައިވާ ކަޅުހަންތައް ސާފުކުރުމުގެ މަސައްކަތުގައި ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ބައިވެރިވުން.

15. މީގެ އިތުރުންވެސް ކައުންސިލް އިދާރާއިން އަންގާ ރަސްމީ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ގިނަވަގުތު މަސައްކަތު އުޅެވޭ މީހަކަށްވުން.
  2. ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  3. އުސްތަންތަނަށް އެރޭ ފަދަ މީހަކަށްވުން.
  4. އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ތަކެތި ސާފުކުރުމާއި، އެފަދަ ތަކެތީގެ ކުދި މަރާމާތު ކުރަން ދަންނަ މީހަކަށްވުން.
  5. ފެންވަޅު / ކަޅުހަން ފަދަ ތަކެއްޗަށް އެރެވޭނެ ފަދަ މީހަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ނޮވެމްބަރ 15 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6760663 އެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ނޮވެމްބަރ 20 އާއި 22 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

ޖުމްލަ އިންސައްތަ: 25%

އެހެނިހެން ކަންތައްތައް

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ ޢުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ 6760047 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6760663 އެވެ. އީމެއިލް އެޑްރެހަކީ، [email protected]  އެވެ.

05 ނޮވެންބަރު 2017