ޢާންމު މަޢުލޫމާތު
ނަންބަރު: GS124/ IUL/2017/35
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 16 ނޮވެންބަރު 2017 11:00
އިނގުރައިދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

`

އިނގުރައިދޫ ސްކޫލް                                 Inguraidhoo School

 ރ. އިނގުރައިދޫ، ދިވެހިރާއްޖެ          R.Inguraidhoo / Republic of Maldives

 

 

 

އިޢުލާން

 

 ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ.

                މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، 01 ޖަނަވަރީ 2018 އިން 31 ޑިސެންބަރު 2018 އަށް މި ސްކޫލުގެ  ސެކިއުރިޓީ  ބަލަހައްޓައިދިނުމަށް    ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

       މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމަކީ ވިޔަފާރި ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ މަސައްކަތަކަށްވާތީ އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

               އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިސްކޫލްގެ ފޯނު ނަންބަރު 6580002 އާއި ގުޅުއްވުން އެދެމެވެ.

                          17 ޞަފަރު 1439

                         06 ނޮވެމްބަރ 2017

 

 

 

 

                                                                                                                                                                                                  ސަޢީދު އިބްރާހިމް

                                                                                            ( ޕްރިންސިޕަލް )

  

    

                                                 

 
   
06 ނޮވެންބަރު 2017