މަސައްކަތް
ނަންބަރު: (IUL)324/324/2017/40
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 16 ނޮވެންބަރު 2017 10:00
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ.ފެހެންދޫގައި ޤާއިމްކުރެވޭޭ ފުޓްސަލް ދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ސްޕޯރޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިރަށުގައި ޤާއިމްކުރެވޭ ފުޓްސަލްދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ،މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12ނޮވެމްބަރ2017 ވާ އާދީއްތަދުވަހުގެ 10.00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،16ނޮވެމްބަރ2017 ވާ ބުރާސްފަތި ދުވަހުގެ 10.00 އަށް އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި "ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ބ. ފެހެންދޫގައި ޤާއިމްކުރެވޭ ފުޓްސަލްދަނޑު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން" މިހެން ލިޔެފައި އޮންނަން ވާނެއެވެ. 

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއަކާއި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައިޑީކާޑުގެ ސާފުކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                  06ނޮވެމްބަރ2017

06 ނޮވެންބަރު 2017