މަސައްކަތް
ނަންބަރު: (IUL)374-C/374/2017/77
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:11
ސުންގަޑި: 15 ނޮވެންބަރު 2017 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުމަތީ ބަނދަރުގެ ބޭރު ތޮށީގައި ބޮއްކުރަލާއި ޑިންގީ އެޅުމަށް ސަރަޙައްދެއް ހެދުން.

އިރުމަތީ ބަނދަރުގެ ބޭރު ތޮށީގައި ބޮއްކުރަލާއި ޑިންގީ އެޅުމަށް ސަރަޙައްދެއް ހެދުން.

ނިލަންދޫ އިރުމަތީ ބަނދަރުގެ ބޭރު ހިލަތޮށީގެ ހުޅަނގު އުތުރުކަނުންފެށިގެން އިރަށް 75 ފޫޓުގެ ސަރަޙައްދެއްގައި ބޮއްކުރަލާއި ޑިންގީ ފަދަ ތަކެތި އެޅުމަށް ސަރަޙައްދެއް ޚާއްޞަކޮށް އެ ސަރަޙައްދުގައި ކޮންކްރީޓް މުޑިޖަހައިގެން އޭގެމަތީގައި ކޮންކްރީޓް ބެރިއެއް އަޅައިގެން ކޮންކްރީޓް ޝީޓްތަކެއް ބަހައްޓައިގެން ތަނެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިދާރާއިން މައިގަނޑު ތަކެތި ދިނުމުން މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "އިރުމަތީ ބަނދަރުގެ ބޭރު ތޮށިގައި ބޮއްކުރަލާއި ޑިންގީ އެޅުމަށް ސަރަޙައްދެއް ހަދާދިނުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގައި

މަޢުލޫމާތު ސާފުކޮށްދިނުން

2017 ނޮވެމްބަރު 09 ބުރާސްފަތި ދުވަހުގެ 11:00 ގައި

އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ކެނޑުން

2017 ނޮވެމްބަރު 15 ބުދަ ދުވަހުގެ 11:00 ގައި

 

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

05 ނޮވެންބަރު 2017