ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2017/117
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:37
ސުންގަޑި: 14 ނޮވެންބަރު 2017 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މީޑީއާ ސްޕެޝަލިސްޓް (ވީޑިއޯގްރަފަރ) (3 މަސްދުވަސް)

ވަޒީފާގެ ފުރުޞަތު

މަޤާމު:

މީޑީއާ ސްޕެޝަލިސްޓް (ވީޑިއޯގްރަފަރ) (3 މަސްދުވަސް)

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 5610.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2250.00  ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ރޭންކް

MS1-1

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

މަޤާމުގެ ޝަރްޠުތައް:

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ މަލްޓިމީޑީއާ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5/4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައި.ޔޫ.އެމް އިން ހިންގާ އޮންލައިން ކޯސްތަކުގައި ބޭނުންކުރުމަށް ވީޑިއޯ ޕްރޮޑިއުސްކޮށް، ފިލްމް ކޮށް، އެޑިޓް ކުރުން.
  • ޔުނިވަރސިޓީއަށް ބޭނުންވާ ފެންވަރެއްގައި ވީޑިއޯ އެންކޯޑްކޮށް އެކި ފޯމެޓްތަކަށް ޕަބްލިޝް ކުރުން.
  • ވީޑިއޯ ރިކޯޑް ކުރުމަށް އެންމެ އެކަށީގެންވާ މާހައުލެއް ތައްޔާރުކުރުން.
  • ވީޑީއޯތައް ރިކޯޑް ކުރުމުގައި ގެންގުޅެވޭނެ އެންމެ އެކަށީގެންވާ އުސޫލްތައް ހޯދާ ދެނެގަނެ ޔުނިވަރސިޓީއަށް ލަފާ ދިނުން.
  • ރިކޯޑް ކުރެވޭ ރޯ ފޫޓޭޖް، އެޑިޓް ކުރުމަށް ބޭނުންކުރާ ފައިލްތައް، ޕްރިމިއަރ ޕްރޯގެ ޕްރޮޖެކްޓް ފައިލްތައް، އެޑިޓްކޮށް ނިމިފައިވާ ވީޑިއޯ، އަދި މިނޫނަސް ތައްޔާރު ކުރެވޭ ވީޑީއޯ އާއި ގުޅޭ އެންމެހާ ފައިލްތައް ސޯޓްކޮށް ޔުނިވަރސިޓީގައި ނުވަތަ ޔުނިވަރސިޓީއިން ކަނޑައަޅާ ސިސްޓަމެއްގައި އާކައިވް ކުރުން.
  • މަސައްކަތާއި ގުޅޭގޮތުން ޔުނިވަރސިޓީއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.
  • މަތީގައިވާ ކަންތައްތަކުގެ އިތުރުން، ޔުނިވަރސިޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި  މަސައްކަތްތައް ކުރުން.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ވަޒީފާއަށް މުވައްޒަފު ހޮވުމުގައި އެޑޯބީ ޕްރިމިއަރ ޕްރޯ، އާފްޓަރއެފެކްސް އަދި އޯޑިޝަން ސޮފްޓްވެއަރ ބޭނުންކުރަން އެނގޭ މިންވަރު ވަޒަންކުރާ ޕްރެކްޓިކަލް ޓެސްޓެއް ބޭއްވޭނެއެވެ.

މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު

8:00 އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

14 ނޮވެމްބަރު 2017  މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3022116 / 3022117 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

                        16 ޞަފަރު 1439

                        05 ނޮވެމްބަރު 2017

05 ނޮވެންބަރު 2017