ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2017/83
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
07 ނޮވެންބަރު 2017 10:30
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހދ.ކުޅުދުއްފުށީ އެއަރޕޯޓް ޕްރޮޖެކްޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް ކޭޓަރިންގ ދޭނެ ފަރާތެއް ހޯދުމާބެހޭ
ހދ.ކުޅުދުއްފުށީ އެއަރޕޯޓް ޕްރޮޖެކްޓް އިފްތިތާޙް ކުރުމަށް 12 ނޮވެމްބަރ 2017 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް ކޭޓަރިންގ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
* މަޢުލޫމާތު ސާފުކުރުން – 07 ނޮވެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:30
* އަންދާސީ ހިސާބު ހުށައެޅުން – 08 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:30
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަމްބަރ 6521170 ފޯނަށް ގުޅުއްވުން އެދެމެވެ.
05 ނޮވެންބަރު 2017