ތަމްރީނު
ނަންބަރު: MNU-CA-RG/2017/45
ޕަބްލިޝްކުރި ތާރީޚް: 05 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:54
ސުންގަޑި:
28 ޑިސެންބަރު 2017 13:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ އަލަށް އިޢުލާން ކުރާ ކޯސްތައް
ޖަނަވަރީ 2018 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ 07 ނޮވެންބަރު 2017 ވާ އަންގާރަ ދުވަހުން ފެށިގެން 28 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކާ ބެހޭ މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖަނަވަރީގައިފަށާ ކޯސްތަކުގެ މަޢުލޫމާތުހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
- މާސްޓާ އޮފްް އެޑިޔުކޭޝަން (ދިވެހި ލެންގުވިޖް ޓީޗިންގ) - ސ.ހިތަދޫ
- މާސްޓާ އޮފް އެޑިޔުކޭޝަން (ޖެނެރިކް) - ލ.ގަން، ގދ.ތިނަދޫ
- ބެޗްލަރ އޮފް ޓީޗިންގ/އެޑިޔުކޭޝަން ޕްރައިމަރީ (ޖެނެރިކް) - ލ.ގަން
- ޑިޕްލޮމާ/އެޑްވާންސް ޑިޕްލޮމާ އިން އާރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން - ގދ.ތިނަދޫ، ކ.މާލެ
- ޑިޕްލޮމާ/އެޑްވާންސް ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ - ގދ.ތިނަދޫ، ކ.މާލެ، ލ.ގަން
05 ނޮވެންބަރު 2017