ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)32-A4-HR/1/2017/83
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 13 ނޮވެންބަރު 2017 13:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ޑިރެކްޓަރ

ނަންބަރު: IUL32-A4-HR/1/2017/83

 

އިޢުލާން

 

މަޤާމް

ޑިރެކްޓަރ

މަޤާމުގެނަންބަރު

J-290284

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އީ.އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ސެކްޝަން:/ޔުނިޓް

އޮފީސް މެނޭޖްމަންޓް ސެކްޝަން

މަޤާމު އޮތް އޮފީސް:

އެޓަރނީ ޖެނެރަލްގެ އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އެޓަރނީ ޖެނެރަލްގެ އޮފީސް/ މާލެ

މުސާރަ:

8,835 (އަންހާސް އައްސަތޭކަ ތިރީސްފަސް) ރުފިޔާ

ސަރވިސް އެލަވަންސް:

2,000 (ދެހާސް) ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. އެޓަރނީ ޖެނެރަލްގެ އޮފީސް އެލަވަންސް :އަސާސީ މުސާރައިގެ 35%
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  4. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެމަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

  • ސެކްޝަންގެ މަސައްކަތްތައް ގޮތުގައި ކަނޑައެޅިފައިވާ އެންމެހައި މަސައްކަތެއް ރާވާ ހިންގައި ބެލެހެއްޓުން.
  • ސެކްޝަންގެ މަސައްކަތްތަކާ ގުޅޭ އަހަރީ ވަރކްޕްލޭންތައް އެކަށައަޅައި، އެ ޕްލޭންތަކާ އެއްގޮތަށް މަސައްކަތްތައް ހިންގުން.
  • ޑިވިޜަންގެ މަސައްކަތްތަކާއި އޮފީހުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ދިރާސާކުރުމާއި، އެ ދިރާސާތަކުގެ އަލީގައި ސީނިއަރ މެނޭޖްމަންޓް ކޮމިޓީއަށް އަރުވަންޖެހޭ ލަފާ އެރުވުން.
  • އޮފީހުގެ މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަމާއި، މުވައްޒަފުން ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންނާ ގުޅުންހުރި އެންމެހައި ކަންކަމެއް މުވައްޒަފުންނާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތަށް އިންތިޒާމްކޮށް ހިނގަމުންދާކަން ކަށަވަރުކުރުން.
  • އޮފީހުގެ ސްޓްރެޓީޖިކް ޕްލޭންތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށްދާގޮތް މޮނިޓަރކުރުމާއި، ޕްލޭން މުރާޖަޢާކޮށް އިސްލާހުކުރުމުގެ މަސައްކަތް ސީނިއަރ މެނޭޖްމަންޓް ކޮމިޓީގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން.
  • އޮފީހުގެ ހިންގުމާއި މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި އައިސީޓީގެ މަސައްކަތްތައް އިންތިޒާމްކޮށް މަސައްކަތްކުރުވުން.
  • އޮފީހުގެ ރިސެޕްޝަނުން ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، މައި އެންޓްރީ ޑިސްޕެޗްގެ މަސައްކަތަތައް މޮނިޓަރކުރުމާއި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މަޢުލޫމަތު ހޯދުމަށް އަންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތާއި މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮޓޯކޮޕީއަށް އެދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލުން ފޮޓޯކޮޕީ ވިއްކުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • އޮފީހުގެ ސްޓޮކަށް ތަކެތި ހޯދުމާއި، ތަކެތި ދޫކުރުމާއި، ސްޓޮކު ބެލެހެއްޓުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދާ އެއްގޮތަށް ރާވައި އިންތިޒާމްކޮށް ހިންގައި ބެލެހެއްޓުން.
  • މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އޮފީހުން ފުރިހަމަކުރަންޖެހޭ ކަންކަމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމާއި، ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމަންޖެހޭ މަސައްކަތްތައް ނިންމުން.
  • އޮފީހުގެ ގިނަދުވަސްވީ ލިޔެކިޔުންތައް ކަނޑައެޅިފައިވާ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އަރުޝީފުކުރުމާއި ނައްތާލުމުގެ އިންތިޒާމްތައް ހިންގައި ބެލެހެއްޓުން.
  • އޮފީހުގެ އަހަރީ ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ތައްޔާރުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވުން.
  • ވަކި ސެކްޝަނަކާއި ހަވާލު ވެފައިނުވާ މަސައްކަތްތައް ނުވަތަ އޮފީހުން ކުރާ ޚާއްސަ މަސައްކަތްތައް ވިލަރެސްކުރުން.
  • ޑިވިޜަންގެ އަހަރީ ރިޕޯޓާއި ބަޖެޓް އަދި ދުވަހު ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.
  • މިނޫންވެސް އޮފީހުން ޙަވާލުކުރާ ރަސްމީ އެންމެހައި މަސައްކަތެއް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު

-          ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-          ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

ހުށަހަޅަންޖެހޭ ލިޔުންތަން:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) (މި އޮފީހުގެ ވެބްސައިޓުގައިވާ ނަމޫނާއާ އެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.agoffice.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ނޮވެންބަރު 2017 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، އެޓަރނީ ޖެނެރަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. ފެކްސް ނަންބަރަކީ، އިދާރާގެ ފެކްސް ނަންބަރު 3314109 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލްކުރެވޭނެއެވެ.

 

އިންޓަވިއުއޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2017 ވަނަ އަހަރުގެ ނޮވެންބަރު ނުވަތަ ޑިސެންބަރު މަހުގެ ތެރޭގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ %30، ސިވިލް ސަރވިސް ކޮމިޝަންގެ ސަރކިއުލަރ ނޯޓު ނަންބަރު 188-PSM/CIR/2016/112 (20 ޑިސެންބަރު 2016)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3314109 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

               

                            13 ޞަފަރު   1439     

02 ނޮވެންބަރު 2017