ދިވެހިރާއްޖެ
2018 ވަނަ އަހަރު ރެހެންދި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ) އަށް ވައްދަން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯރމް ދޫކުރުމާއި ބަލައިގަތުން 2017 ނޮވެމްބަރ 5 ވާ އާދީއްތަ ދުވަހުން ފެށިގެން 2017 ނޮވެމްބަރ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ސްކޫލް އެކަޑަމިކް އޮފީހުގައި ކުރިއަށް ދާނެއެވެ.
އެލް.ކޭ.ޖީ އަށް ފުރުޞަތު ދެވޭނީ 100 ޖާގައަށެވެ. އަދި ޔޫ.ކޭ.ޖީ އަށް 11 ޖާގައަށެވެ. ޖާގަ ދިނިމުގައި އިސްކަންދެވޭނީ ފޯރމް ފުރިހަމަކުރުމަށްފަހު ފޯރމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ހަމައަށް ޙަވާލުކުރާ، ޝަރުޠު ފުރިހަމަވާ ދަރިވަރުންގެ ތަރުތީބަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ފައުންޑޭޝަން ސްޓޭޖަށް ދަރިވަރުން ވެއްދުމުގައި ޢުމުރުފުރާ ބަލާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.
އެލް.ކޭ.ޖީ |
2018 މާރިޗު 31 ގެ ނިޔަލަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ.ކޭ.ޖީ |
2018 މާރިޗު 31 ގެ ނިޔަލަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން |
ޝުކުރިއްޔާ!