މަސައްކަތް
ނަންބަރު: (IUL)30-C/30/2017/163
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 09 ނޮވެންބަރު 2017 11:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ އިހްތިފާލުތައް ހއ.އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން ހިންގާ އިވެންޓްތަކުގައި ބޭނުންކުރުމަށް ތިރީގައިވާ ތަކެތި ހޯދައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

2017  ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ އިހްތިފާލުތައް ހއ.އިހަވަންދޫގައި ފާހަގަ ކުރުމުގެ ގޮތުން ހިންގާ އިވެންޓްތަކުގައި ބޭނުންކުރުމަށް ތިރީގައިވާ ތަކެތި ހޯދައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 

  1. 2388 މުށް ހުދު ފޮތި (ފާޓު "45 )
  2. 794 މުށް ގަދަނޫ ވިދާފޮތި (ފާޓު "45 )
  3. 500 މުށް ނޫފޮތި (ފާޓު "44 )
  4. 1333 މުށް  ނޫފޮތި (ފާޓު "44 )
  5. 166 މުށް ނޫފޮތި ވިދާ (ފާޓު "44 )

 

  1. 500 ގޮނޑި ކަވަރު (ކުރެހުން އެޓޭޗް ކުރެވިފައި)
  • މިނިސްޓްރީން ފޮތި ދިނުމުން، ''45 ފުޅާ ''42 ދިގު އުރަ  
  1. 500 ގޮނޑި ޓައި (ކުރެހުން އެޓޭޗް ކުރެވިފައި)

މިނިސްޓްރީން ފޮތި ދިނުމުން، ދީފައިވާ ކުރެހުމާއެއްގޮތަށް ''14 ފުޅާ '7 ދިގު 02 އަރި އާއި 02 ކޮޅު މަޅާފައި

 

  1. 125 މޭޒު މަތީ އަޅާ ފޮތި(ކުރެހުން އެޓޭޗް ކުރެވިފައި)

މިނިސްޓްރީން ފޮތި ދިނުމުން، ''45 ފުޅާ '6 ދިގު ދެކޮޅު މަޅާފައި

  1. 125 މޭޒު އަރިމަތީ ފޮތި (ކުރެހުން އެޓޭޗް ކުރެވިފައި)

 މިނިސްޓްރީން ފޮތި ދިނުމުން، ދީފައިވާ ކުރެހުމާއެއްގޮތަށް ރޫ ޖައްސާ ނިމުމުން  ''33ފުޅާ '16 ދިގު

 

  1. 125 މޭޒު ރަނަރ (ކުރެހުން އެޓޭޗް ކުރެވިފައި)

މިނިސްޓްރީން ފޮތި ދިނުމުން، ''14 ފުޅާ '6 ދިގު 02 އަރި އާއި 02 ކޮޅު މަޅާފައި

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 09 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ނުވަތަ ހއ. އިހަވަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު

  • ޑެލިވަރީ ކުރަންޖެހޭ ތަނަކީ ހއ.އިހަވަންދޫ ކައުންސިލް އިދާރާއެވެ.
  • އަގު ހުށަހަޅަންވާނީ ކޮންމެ އައިޓަމެއްގެ އަގު އަދި ޑެލިވަރީ ކުރުމަށް ދާ ހަރަދު ވަކިން އިނގޭގޮތަށެވެ.
  • ފޮތީގެ ސާމްޕަލް ހުށަހަޅަންވާނެއެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 50 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 50 )
  • މުއްދަތަށް  30 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 30 )
  • ތަޖުރިބާއަށް 20 ޕޮއިންޓް (މިފަދަ ނުވަތަ މިބާވަތުގެ އެހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަންވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތުކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339257  ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2017