މަސައްކަތް
ނަންބަރު: GS78/IULAAN/2017/13
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 05 ނޮވެންބަރު 2017 11:00
މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

ނަމްބަރ: GS78/IULAAN/2017/13

އިޢުލާން  

 

މިމަދަރުސާގެ  ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ހއ.ކެލާ ޝެއިޚު އިބްރާހީމް ސްކޫލް، ފާހާނާތަކުގެ ސިވަރޭޖްކަނެކްޝަން އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަށް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ. މަޢުލޫމާތުސާފްކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މިބައްދަލުވުން ނިމުމުގެ ކުރިން ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ. މިއީމިކަމަށް ކުރެވޭ ދެވަނަ އިޢުލާން ކަމުގައި ދަންނަވަމެވެ. މިކަމާ ގުޅިގެ ކުރިން ކުރެވުނު އިޢުލާން ( ނަމްބަރ: GS78/IULAAN/2017/12 ) އަށް މަޢުލޫމާތު ސާފްކުރުމަށް ތިންފަރާތަކުން ހާޒިރުވެފައިނުވާތީ އެއިޢުލާން ކެންސަލްކުރަމެވެ.

 މަޢުލޫމާތު ސާފުކުރުން ފެށޭގަޑި

އަންދާސީހިސާބު ހުށަހެޅުމަށް

05 ނޮވެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 11:00

09 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ މިމަދަރުސާގެ އޭވީރޫމްގައެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 އަދި 7493094 ނަންބަރު ފޯނާއެވެ.

01 ނޮވެންބަރު 2017