މަސައްކަތް
ނަންބަރު: (IUL) 438/438/2017/216
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:26
ސުންގަޑި: 07 ޑިސެންބަރު 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވޭސްޓް ބިންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން ނަންބަރު:

IUL) 438/438/2017/216)

 

 

   

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ވޭސްޓް ބިންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން (IFB No.: 017/TF019383):

 

  • ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓްގެ (ސީ.ސީ.އޭ.ޕީ) ދަށުން ވޭސްޓް ބިންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

  • ވީމާ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ވޭސްޓް ބިންސް ސަޕްލައި ކުރުމަށް ޝަރުތުހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

 

  • މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގައި، ވޯލްޑްބޭންކު ގައިޑްލައިންސް: IBRD ލޯނު، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތިހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.

 

  • މިކަމަށް ކުރިމަތިލާ ފަރާތް ތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  • ބީލަމުގައި ބައިވެރިވުމަށް ތިރީގައިވާ އެޑްރެހަށް 2017 ޑިސެމްބަރ 06 ވަނަ ދުވަހުގެ ދުވަހުގެ 14:00ގެ ކުރިން ލިޔުމަކުން ބީލަން ހުށަހެޅުމުގެ ޝައުގުވެރިކަން ފާޅު ކުރެއްވުމުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްދެވޭނެއެވެ. ބީލަން ފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

  • މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 ނޮވެންބަރު 2017ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

 

  • މިމަސައްކަތަށް ހުށަހަޅާ ބީލަންތަކާއެކު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާ ގޮތަށް "ބިޑް ސެކިޔުރިންގ ޑެކްލަރޭޝަން" ހުށަހަޅަން ޖެހޭނެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމްންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

 

  • ބީލަން ހުޅުވުން އޮންނާނީ 2017 ޑިސެންބަރު 07ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 

  • އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ގްރީން ބިލްޑިންގ،

ހަނދުވަރީ ހިނގުން، މާފަންނު،

މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3018419

ފެކްސް: 3018301

އީމެއިލް: [email protected]

 

01 ނޮވެންބަރު 2017

01 ނޮވެންބަރު 2017