ނީލަން
ނަންބަރު: (IUL)383/383/2017/66
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 14 ނޮވެންބަރު 2017 12:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ 02 ޗިލްކޮންޓެއިނަރ ނީލަންކިއުމާބެހޭ

       މިރަށު ރައްޔިތުންގެ 02 ޗިލްކޮންޓެއިނަރ ނީލަމުގައި ވިއްކާލުމަށް ރައްޔިތުންގެ ބައްދަލުވުމުން ނިންމުމާއި ގުޅިގެން  ކައުންސިލްގެ ނަމްބަރ:383-03/2017/39 (27 ސެޕްޓެމްބަރ 2017) ޖަލްސާއިން 02 ޗިލްކޮންޓެއިނަރ ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީނިންމާފައެވެ. ވީމާ، މި 02 ޗިލްކޮންޓެއިނަރ ނީލަންކިޔުން 2017 ނޮވެމްބަރ 12 ވާ އާދީއްތަ ދުވަހުންފެށިގެން ހުޅުވާލައިފީމެވެ.  ނީލަންކިޔުމަށް ހަމަޖެހިފައިވަނީ ކޮންމެކޮންޓީނާއެއް ވަކިންނެވެ. ނީލަމާބެހޭ މައުލޫމާތު ތިރީގައިއެވަނީއެވެ.

1) ޗިލްކޮންޓެއިނަރތަކުގެ ބޮޑުމިން:  ދިގު 20 ފޫޓް، ފުޅާ 8 ފޫޓް، އުސް 08 ފޫޓް ޑައިކިންގ ބްރޭންޑްގެ ކޮންޓެއިނަރ ތަކެކެވެ.

2) ކޮންޕްރޭސަރުގެ މޮޑެލްނަންބަރު:   JT224D-NYR   ތްރީފޭސް ކަރަންޓް

3) މިކޮންޓެއިނަރތަކަކީ ޑިޖިޓަލް ޕެނަލާއި އެލާމްސިސްޓަމް ހަރުކުރެވިފައިވާ ކޮންޓެއިނަރތަކެކެވެ.

4) ޗިލްކޮންޓެއިނަރގެ ނީލަންފެށޭ އަގު:-/50000 ރ (ފަންސާސްހާސްރުފިޔާ

5) ނީލަން އަގު މަތިކުރެވޭ އެންމެކުޑައަގު: -/10000 ރ (ދިހަހާސްރުފިޔާ)

6) ނީލަމަށް އަގު ހުށަހަޅާނެގޮތް: ސިޓީމެދުވެރިކޮށް އީމެއިލުން ނުވަތަ ކައުންސިލް އިދާރާއަށްދުރުވެއެވެ. ސިޓީގައި އަގުހުށަހަޅާ ކޮންޓެއިނާގެ ނަމްބަރ ޖަހާފައި އޮންނަވާނެއެވެ. ( ކޮންޓެއިނަރ ނަމްބަރ:  C-01, C-02 )

7) ނީލަމުގައިވާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް 12:00 ގައެވެ. މިގޮތުން އެދުވަހެއްގައި އާއްމު ކުރުމަށްޓަކައި ބޯޑަށް އެރުވޭނީ އެދުވަހެއްގެ  11.45 ގެ ކުރިން ގެންނަ ސިޓީތަކެވެ. އޭގެފަހުން ބަލައިގަންނަ ސިޓީތަކުގެ އަގު ބޯޑަށް އެރުވޭނީ ޖެހިގެންއަންނަ ދުވަހުގެ 12.00 ގައެވެ.

8) ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަންނިމޭނެއެވެ. (ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑަށް އަގުއަރުވާ ގަޑިންފެށިގެން 48 ގަޑި އިރު ވުމުންނެވެ.)

9) ޗިލްކޮންޓެއިނަރ ނީލަމުންނަގާ ފަރާތުން ނީލަން ނިމޭތާ 5 (ފަހެއް) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކުމަށްފަހު ޗިލްކޮންޓެއިނަރ 15 ދުވަހުގެތެރޭގައި ކޮންޓެއިނަރ ހުރިތަނުން ނަގައިގެން ގެންދަންވާނެއެވެ. ޗިލްކޮންޓެއިނަރގެ ފޮޓޯ އިޢުލާނާއެކުވާނެއެވެ.

މިކަމާގުޅިގެން އިތުރުމައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކައުންސިލް މެމްބަރ ޢުމަރު ޒާމިރު ފޯނުނަމްބަރ: 7791520 ، ކައުންސިލްގެ ފޯނު ނަމްބަރ: 678.0701 އާއެވެ. އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ މެއިލް ކުރަށްވާނީ މިއިދާރާގެ އީމެއިލް [email protected] އަށެވެ.

       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 އޮކްޓޫބަރު 2017