ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ކުރަންހުރި މަސައްކަތްތަކެއް (ޓީ.އޯ.އާރ ގައި ބަޔާންކޮށްފައިވާ) ނިންމުމަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ބަޔަކު ބޭނުންވާތީ މިކަމަށް ފުރުޞަތު ހުޅުވާލައި ކުރި އިޢުލާން ގައި ފުރިހަމަނުވާ ބައެއްކަންން ހުރުމާއެކު، އެ އިޢުލާން (ނަންބަރު: (IUL)101-AF/1/2017/254) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1. ޓީ.އޯ.އާރ ޕޮއިންޓް ނަންބަރު 1 ގައި ބާޔާންކޮށްފައިވާ މަސައްކަތްތައް ހިންގާ ބަލެހެއްޓުން.
ބޭނުންވާ މީހުންގެ އަދަދު: 1
ގިނަވެގެން ލިބޭނެ އުޖޫރަ: މަހަކު /-10،000 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: އޯ ލެވެލް އިމްތިޙާނުން އިނގިރޭސި އަދި ދިވެހިން ފާސްވެފައިވުން، އަދި އެސިސްޓަންޓް ޑިރެކްޓަރެއްގެ މަޤާމް މަދުވެގެން 3 އަހަރު އަދާކޮށްފައިވުން.
2. ޓީ.އޯ.އާރ ޕޮއިންޓް ނަންބަރު 2 ގައި ބާޔާންކޮށްފައިވާ މަސައްކަތްތައް ހިންގާ ބަލަހައްޓާ ފަރާތުން އަންގާގޮތަށް އެކަމާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
ބޭނުންވާ މީހުންގެ އަދަދު: 2
ގިނަވެގެން ލިބޭނެ އުޖޫރަ: މަހަކު /-6000 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: ގްރޭޑް 10ގެ ފެންވަރު
3. ޓީ.އޯ.އާރ ޕޮއިންޓް ނަންބަރު 3 ގައި ބާޔާންކޮށްފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށާއި އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވާނެ ފަރާތެއް.
ބޭނުންވާ މީހުންގެ އަދަދު: 2
ގިނަވެގެން ލިބޭނެ އުޖޫރަ: މަހަކު /-4500 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: ލިޔެކިޔަން އެނގުން
މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާފަރާތްތަކުން އެމީހަކު ކުރިމަތިލާ މަސައްކަތާއި ގުޅޭގޮތުން ޝަރުތުކަމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އަދި އެމީހެއްގެ އައި.ޑީ ކޮޕީ މަސައްކަތައްއެދި ފޮނުވި ސިޓީއާއިއެކު ހުށަހަޅަން ޖެހޭނެއެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މި ޢިޢުލާނާއިއެކުގައިވާ ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން،12 ނޮވެންބަރ 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެކުރިން، ތިރީގައިވާ އެޑްރެހަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ.
ސިޓީއުރައިގެ ބޭރުގައި އެޑްމިން އެންޑް ފައިނޭންސް ސެކްޝަން ގެ ކޮންޓްރެކްޓް މަސައްކަތައް އެދި މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333116 (960)+
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.