ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)199-PYS/199/2017/72
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 12 ނޮވެންބަރު 2017 09:30
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިގުމުއްދަތަށް އެނދުމަތިވެފައިވާ ފަރާތްތަކަށް ގޭތެރޭގައި ބޭނުން ކުރަން ބޭނުންވާ އެނދު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ދިގުމުއްދަތަށް އެނދުމަތިވެފައިވާ ފަރާތްތަކަށް ގޭތެރޭގައި ބޭނުން ކުރަން ބޭނުންވާ އެނދު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

            އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން، ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދިނުމަށްޓަކައި ދިގުމުއްދަތަށް އެނދުމަތިވެފައިވާ ފަރާތްތަކަށް ގޭތެރޭގައި ބޭނުން ކުރަން ބޭނުންވާ އެނދު މިއެޖެންސީއަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކުގައި ބަޔާންކުރެވިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

            މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.

ތަފުޞީލު       

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

07 ނޮވެމްބަރ 2017

އަންގާރ

09:30

އަންދާސީހިސާބު ހުށަހެޅުއްވުމަށް

12 ނޮވެމްބަރ 2017

އާދިއްތަ

09:30

މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:

-          ފޯން:  3005353

-          ފެކްސް: 3003535

-          އީމެއިލް: [email protected]

01 ނޮވެންބަރު 2017