ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)269/269/2017/75
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 14 ނޮވެންބަރު 2017 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މީހުން ހޯދުމާބެހޭ

 

        ކޮންޓްރެކްޓް އުޞޫލުން، 2018 ޖަނަވަރީ 01 ވަނަ ދުވަހުން ފެށިގެން 2018 ޑިސެންބަރު މަހުގެ ނިޔަލަށް 1 ( އެކެއް ) އަހަރު ދުވަހުގެ މުއްދަތަށް މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުންވެފައެވެ.   

 

   މަޤާމު:           ސެކިއުރިޓީ އޮފިސަރ   

  •  ބޭނުންވާ ޢަދަދު:  02 ( ދޭއް )

   މުސާރަ:          މަހަކު 4100.00 ( ހަތަރުހާސް އެއްސަތޭކަ ރުފިޔާ )

 

 ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން
  2. ޢުމުރުން 18 އަހަރާ 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.

 

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމާއި މަޤާމުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

 

 މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަރވިއުއަށް ހޮވޭ ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 15 ( ފަނަރަ ) ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ރަނގަޅަށް ކިޔަންއެނގޭ ފަދަ ސާފު ކޮޕީއެއް (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓްފިކެޓްގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ހެއްދިފަހުން 3 މަސް ހަމަނުވާ ޕޮލިސް ރިޕޯރޓް (ހުށަހަޅުއްވާނީ އިންޓަވިއުއަށް ވަޑައިގަންނަވާއިރު)

 ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2017 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520046 ނުވަތަ 6520049 ނަންބަރު ފޯނާއެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2017