ޢާންމު މަޢުލޫމާތު
ނަންބަރު: GS160/2017/Iulaan-288
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 23 ނޮވެންބަރު 2017 12:00
ދިގުރަށު މަދަރުސާ، އދ. ދިގުރަށް
ދިވެހިރާއްޖެ
2018 ވަނަ އަހަރު މި ސްކޫލްގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ކުދީން ވެއްދުން.

އިޢުލާން

 

2018 ވަނަ އަހަރު މިސްކޫލްގެ ފައުންޑޭޝަން އަދި ގްރޭޑް 1 އަށް ކުދީން ވެއްދުމާއިގުޅޭ

               2018 ވަނަ އަހަރަށް މިސްކޫލަށް ކުދިން ވައްދަން ބޭނުންފުޅުވާ ފަރާތްތަކުން 23 ނޮވެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރީން ސްކޫލް އޮފީހަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

               އެލް.ކޭ.ޖީ އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 01 ޖެނުއަރީ 2013 ން 31 ޑިސެމްބަރު 2013 އާއި ދެމެދު އުފަންވެފައިވާ (4 އަހަރު ފުރި، 5 އަހަރު ނުފުރޭ) ކުއްޖަކަށް ވާންވާނެއެވެ. އަދި ޔޫ.ކޭ.ޖީ އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 01 ޖެނުއަރީ 2012 ން 31 ޑިސެމްބަރު 2012 އާއި ދެމެދު އުފަންވެފައިވާ (5 އަހަރު ފުރި 6 އަހަރު ނުފުރޭ) ކުއްޖެއްކަމުގައި ވާންވާނެއެވެ.

              ގްރޭޑް 1 އަށް ވައްދަން ހުށަހަޅާ ކުއްޖާއަކީ 1 ޖެނުއަރީ 2011 ން 31 ޑިސެމްބަރު 2011 އާއި ދެމެދު އުފަންވެފައިވާ ކުއްޖެއްކަމުގައި ވާންވާނެއެވެ. އުޞޫލެއްގެގޮތުން ސްކޫލްތަކުގެ ގްރޭޑް 1 އަށް ވައްދަނީ އެއަހަރު ޖެނުއަރީއަށް 6 އަހަރު ފުރި، 7 އަހަރު ނުފުރޭ ކުދީންކަމުގައި ވީނަމަވެސް 31 މާރޗް 2012 ގެ ކުރީން އުފަންވެފައިވާ ކުއްޖަކު ވައްދަން ބެލެނިވެރިޔަކު ބޭނުންވެއްޖެނަމަ އެކުއްޖަކު ފާއިތުވީ ދެއަހަރު ފައުންޑޭޝަން ސްޓޭޖްގައި ކިޔަވާފައިވުމާއިއެކު ޔޫ.ކޭ.ޖީ ނިންމާފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއިއެކު ހުށަހެޅުއްވުމުން އެކުއްޖަކު ގްރޭޑް 1 އަށް ވައްދައިދެވޭނެއެވެ. 

              'ދަރިވަރުން ސްކޫލަށް ވެއްދުމަށް އެދޭ ފޯރމް' އދ. ދިގުރަށު ސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. 

              ޝުކުރިއްޔާ

             01 ނޮވެންބަރު 2017

01 ނޮވެންބަރު 2017