ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)269/269/2017/76
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 14 ނޮވެންބަރު 2017 13:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

އިޢުލާން

ކުނިކޮށި ބެލެހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން މީހުން ހޯދުމާބެހޭ

 

        ވައިކަރަދޫ ކުނިކޮށީގައި ކޮންޓްރެކްޓް އުޞޫލުން (2018 ޖަނަވަރީ 01 އިން 2018 ޑިސެންބަރު 31 އަށް) 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަސައްކަތް ކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެއެވެ.  

 · މަޤާމު: މަސައްކަތު (ކޮންޓްރެކްޓް)

ބޭނުންވާޢަދަދު: 02 (ދޭއް)

   މުސާރަ: މަހަކު 4100.00 (ހަތަރުހާސް އެއްސަތޭކަ ރުފިޔާ)

 

 ފެންވަރު ނުވަތަ ޝަރުޠު:

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން

 

 މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ކައުންސިލްގެ އިދާރާއިން އަންގާ ގޮތުގެމަތިން ކުނިގޮނޑުގެ މަސައްކަތްތައް ކުރުމާއި މަޤާމުގެ ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

- ލިބިލައްވާފައިވާ ތަޢުލީމާއި ތަމްރީނު

- ލިބިލައްވާފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

 

މަޤާމަށް ބޭނުންވާ މީހަކު ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި ގަޑި:

  • މި މަޤާމަށް މީހުން ހޮވުމަށްޓަކައި ބާއްވާ އިންޓަރވިއު އޮންނާނީ ހދ. ވައިކަރަދޫ ކައުންސިލްގެ އިދާރާގައެވެ.
  • މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން މި މަޤާމުގެ ޝަރުޠު ފުރިހަމަވެ އިންޓަރވިއުއަށް ހޮވުނު ފަރާތްތަކާއެކު ބާއްވާ އިންޓަރވިއު، މި އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމީ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އަދާކޮށްފައިވާ ވަޒީފާތަކާއި މުއްދަތު އެނގޭނެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަޞްލު ގެންނަވަން ވާނެއެވެ.)
  • ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ (އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ސްކޫލް ލީވިންގ ސެޓްފިކެޓްގެ އަޞްލު ގެންނަވަން ވާނެއެވެ.)

 

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑި: 2017 ނޮވެމްބަރ 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް.          

         އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6520046 ނުވަތަ 6520049 ނަންބަރު ފޯނާއެވެ.

         މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ނޮވެންބަރު 2017