ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު(IUL)165/1/2017/03 |
ތާރީޚު: 30 އޮކްޓޯބަރ 2017 |
މަޤާމް: ހިއުމަންރިސޯސް އޮފިސަރ
މަޤާމްގެ ނަމްބަރު: J251086
ބޭނުންވާ ޢަދަދު: 1
މަޤާމްގެ ގިންތި: ދާއިމީ
މަޤާމްގެ ރޭންކް: MS1
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް؟
މަޤާމް އޮތް އޮފީސް: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ވަޒީފާ އަދާކުރަންޖެހޭތަން: ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
މުސާރަ: -/5610ރ
ސަރވިސް އެލަވަންސް: -/2000ރ
އިތުރު އިނާޔަތް: -1 ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
2- ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3- ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
މަޤާމްގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:
1- މުވައްޒަފުންގެ އެޕްރައިޒަލް އާއިގުޅޭގޮތުން ކަމާއިގުޅޭ އަތްމަތީ ފޮތުގައި އެޗް.އާރ އިން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ރާވާ ހިންގުން.
2- މުވައްޒަފުންގެ މުސާރަ އާއި އެލަވަންސް އާއި ގުޅޭ ގޮތުން އެޗް.އާރ އިން ކުރަންޖެހޭ މަސައްކަތް ކުރުން.
3- ވިއުގަ މެދުވެރިކޮށް ދުވަހުން ދުވަހަށް ސިވިލް ސަރވިސް އާއި އެޗް.އާރ އިން ކުރަންޖެހޭ ކަންތައްތައް ކުރުން.
4- އޮތޯރިޓީގެ ހިއުމަން ރިސޯސް އާއިގުޅޭ ކަންކަން ދިރާސާކޮށް ބޭނުންވާ ދާއިރާތަކަށް އޮތޯރިޓީގެ މުވައްޒަފުންގެ ޤާބިލްކަން އިތުރު ކުރުމަށް މަސައްކަތް ކުރުމާއި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުން
5- ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ޕްލޭން އާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ބެހޭ ލަފާ ސެކްޝަން/ޔުނިޓް ހެޑް އަށް ދިނުން.
6- އޮތޯރިޓީގެ ސެކްޝަން ތަކަށް ކުރު ތަމްރީން ޕްރޮގްރާމްތައް އެކުލަވާލާ ހިންގުމާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާއަށް މި މަޢުލޫމާތު ފޮނުވުން.
7- ބަޖެޓް އެކުލަވާލުމުގައި ހިއުމަން ރިސޯސް ތަރައްޤީ ކުރުމަށް ބޭނުންވާ ފައިސާ ހިމެނުމަށް މަސައްކަތް ކުރުން.
މަޤާމްގެ ޝަރުތު:
1- ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޟިލްކޮށްފައިވުމާއި، މި ދާއިރާ ތަކުން ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
2- މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞީލްކޮށްފައިވުން.
3- މަޤާމްގެ މަސައްކަތާއިގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައި ވުމާއި ގުޅުންހުރި އެހެން ދާއިރާ އަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުން
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
ހ- ހާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން އަށް ބަލައިގެން.
ށ- މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖްރިބާ އަށް ބަލައިގެން.
ނ- ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިއުންތައް:
1- ފުރިހަމަކޮށްފައިވާ ވަޒީފާ އަށް އެދޭ ފޯމް. (ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ).
2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު: (ގުޅޭނެ ފޯން ނަމްބަރާއި އެޑްރެސް އެގޭނެގޮތަށް)
3- ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހިރައްޔިޔެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާރޑްގެ ދެފުށުގެ ލިއުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް އެގޭފަދަ ކޮޕީ އެއް.
4- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމް އަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާމެދު އިޢުތިރާޟެއް ނެތްކަމަށް ވަޒީފާ އަދާކުރާ ތަނުގެ ލިއުން.
5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސަރޓިފިކެޓް ތަކުގެ ކޮޕީ:
ހ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސަރޓިފިކެޓް ތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްތްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ސަރޓިފިކެޓް ތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ސަރޓިފިކެޓް ތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއިއެކު ކޯހުން ލިބޭ ސަރޓިފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ކޮޕީ).
ށ- ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސަރިޓިފިކެޓް ތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމުގެ ކޮޕީ.
ނ- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސް ތަކުގެ ކޮޕީ.
6- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސް ތަކާއި ތަމްރީން ތަކުގެ ސަރޓިފިކެޓް ތަކުގެ ކޮޕީ.
7- ސިވިލް ސަރވިސް ވަޒީފާ އަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގާދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސަރޓިފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.
ހ- ސިވިލް ސަރވިސް އިން ބޭރު ވަޒީފާ އެއް އަދާކޮށްފައިވާ ނަމަ އެ ފައިޒީފާ އެއް އަދާކުރި މުއްދަތު އާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.
ށ- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާ އެއްގައި އަދާކޮށްފައިވާ ނަމަ ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.cam.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 9 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13.30 ގެ ކުރިން މި އޮތޯރިޓީ އަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިއުންތައް އީ-މެއިލް މެދުވެރިކޮށް ވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަމްބަރ: 3320000 އެޕްލިކޭޝަން ފޯމް އާއިއެކު ހުރިހާ ލިއުންތައްހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ތައް ބާތިލް ކުރެވޭނެއެވެ.
އިންޓަރވިއު އޮންނާނެތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 – 23 ނޮވެމްބަރ އާއި ދެމެދު މި އޮތޯރިޓީ ގައެވެ. ވީމާ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން އިންޓަރވިއު އަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓް
މިވަޒީފާ އަށް އެދި ހުށަހަޅާ ޟަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދުން 10 އަށްވުރެ ގިނަ ނަމަ ތައުލީމީ ފެންވަރާއި ތަޖްރިބާ އަށް ބަލާ ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރެޓޭރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %30
އިތުރު މަޢުލޫމާތު ހޯދުމަށް
މިއިޢުލާން ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތަކުން މި އޮތޯރިޓީގެ 3030300 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.