ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)230-AHI/230/2017/14
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 09 ނޮވެންބަރު 2017 14:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި ވަޒީފާގެ ފުރުޞަތު

 

  • މަޤާމު:        ފަޅުވެރި
  • މަޤާމު ނަންބަރު:  222650
  • ބޭނުންވާ ޢަދަދު:  01
  • މަޤާމުގެ ގިންތި :  ދާއިމީ
  • މަޤާމުގެ ރޭންކް:  އެސް. އެސް 2
  • ކްލެސިފިކޭޝަން:   ސަޕޯޓް ސްޓާފް ގްރޭޑް 2
  • ސެކްޝަން:     AHI
  • މަޤާމުއޮތް އޮފީސް: މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ  
  • ވަޒީފާއަދާކުރަންޖެހޭ އޮފީހާއި އަތޮޅާއިރަށް: މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ ބ. އޭދަފުށި
  • މުސާރަ:             3470.00 ރުފިޔާ
  • ސަރވިސް އެލަވަންސް:    1000.00 ރުފިޔާ
  • އިތުރު ޢިނާޔަތްތައް:

1-      ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލް ސަރިވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ދަތުރުކޮއްތާއި، އެލަވަންސް، އަދިރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް.

1-      އަތޮޅު  ކައުންސިލްއިދާރާގެ ލާންޗް ފަހަރު ފަޅުގައި އަޅާފައި އޮންނައިރު ދިޔަހިއްކޭތޯ ބެލުމާއި ވާވެލާވެލި ހުރީ ރަގަޅަށްތޯ މަދުވެގެން ދުވާލަކު 1 ފަހަރު ބަލާ ގޯސްކޮށް ކަމެއްހުރިނަމަ އެކަމެއް ރަގަޅުކުރުމުގެ މަސައްކަތް ޑްރައިވަރާއި ވާހަކަ ދައްކައިގެން ކުރުން.

2-      ލާންޗްފަހަރުގެ ފެހިކެހުމާއި ފަޅުގައި އަޅާފައި އޮންނައިރުގަޔާއި  ދަތުރުތައް ނިންމުމަށްފަހު އެބުރި ރަށަށް އައިސް ލޯންޗް ދޮވެ ސާފުކުރުން.

3-      ލާންޗްފަހަރުގައި އަތޮޅުކައުންސިލްގެ އިދާރާއިން ކުރާ ދަތުރުތަކުގައި ފުރަން އަންގާ ގަޑިއަށް ފުރޭގޮތަށް ބޯފެނާއި ދަތުރަށް ބޭނުންވާ ތެލާއި، ސަލާމަތީ ސެޓްފިކެޓްގައި ހިމެނޭ ތަކެއްޗާއި ދަތުރަށް ކޮންމެހެން ބޭނުންވާތަކެތި ޑްރައިވަރާއި ވާހަކަދައްކައިގެން ހޯދުން.

4-      ދަތުރުތައްކުރަމުންދާއިރު ޑްރައިވަރ އަންގާ ގޮތެއްގެމަތީން އުޅަނދުގައި ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން.

5-      ދަތުރުތަކުގައި މަޑުކުރައްވާ ރަށްރަށުގައި  ލާންޗް ރަގަޅަށް ބެލެހެއްޓުން.

6-      ލާންޗްފަހަރު އެހެލާ ބޭލުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް އަތޮޅު ކައުންސިލްގެ އިދާރާއިން އަންގާގޮތެއްގެމަތީން ކުރުން.

7-       ލާންޗްތަކުގައި ހުންނަ އެންމެހާ ތަކެތި ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.

މީގެ އިތުރުންވެސް އަތޮޅުކައުންސިލްގެ އިދާރާއިން ކުރާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވުން.

މަޤާމުގެ ޝަރުތު.

  1. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް / ހުއްދައެއް / ސަނަދެއް ޙާޞިލުކޮށްފައިވުން.

3- ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެމަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން.

 

ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމާއި، ތަމްރީން

2. ލިބިފައިވާ މަސައްކަތުގެ ތަޖްރިބާ ( މަސައްކަތްކުރިކަމުގެ ލިޔުން ހުށަހެޅުން )

3. މަސައްކަތުގެ ހުނަރާއި، ފެންވަރާ، ޤާބިލުކަމާއި، ބޭނުންވާ ސިފަތައް.

 

ހުށަހަޅަންޖެހޭ ލިޔުންތައް.

1- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭފޯމް

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ  އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޟެއް ނެތްކަމަށް  ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.

5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެކޮޕީ )

(ށ)ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެކޮޕީ:

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ.

6- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސް ޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިންބޭރު ވަޒީފާއެއް އަދާކޮށްފއިވާނަމަ ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި، ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ  ވަޒީފާއަދާކުރި މުއްދަތާއި، ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި.

ވަޒީފާއަށް އެދޭފޯމް މި އިދާރާގެ ( މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ  www.baa.gov.mv  ވެބްސައިޓުން މި ފޯމް ޑައުންލޯޑް ވެސް ކުރެވޭނެއެވެ. މަޤާމަށް  އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ނޮވެމްބަރ2017 ވަނަ ދުވަހުގެ 14.00 ގެކުރިން މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ  [email protected] އެވެ.ފެކްސް ނަންބަރަކީ  6608301  އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ  އެޕްލިކޭޝަން ބާޠލުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި މުއްދަތު.

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ނޮވެމްބަރ 2017 އިން ފެށިގެން  21 ނޮވެމްބަރ 2017 އާއި ދެމެދުގެ ދުވަހެއްގައި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓްލިސްޓްކުރުން:

މިވަޒީފާއަށް އެދިހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 1 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސްލިބޭ 1 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6608300 ނަންބަރ ފޯނާއެވެ. ފެކްސް ނަންބަރަކީ 6608301 އެވެ.އީމެއިލް ކުރާނީ  [email protected] އަށެވެ.

                 

11 ޞަފަރު   1439

31 އޮކްޓޯބަރ  2017

 

 

 

 ފާތިމަތު ނަސްރާ

                                                            ޑިރެކްޓަރ ޖެނެރަލް

 

31 އޮކްޓޫބަރު 2017