ކުއްޔަށް ދިނުން
ނަންބަރު: 456-IUL/2017/28
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2017
ޕަބްލިޝްކުރި ގަޑި: 10:42
ސުންގަޑި: 12 އޮކްޓޫބަރު 2017 14:00
ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ސައިހޮޓާ/ކެފޭ ހިންގުމަށް މިރަށު ކުރީގެ ކުނިކޮށި ކުއްޔަށް ދޫކުރުން

ސައިހޮޓާ/ކެފޭ ހިންގުމުގެ ވިޔަފާރި ކުރުމަށް މިރަށު ކުރީގެ ކުނިކޮށި އިމާރާތާއި ބިން 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ގަސްދުކުރަމެވެ.

ވީމާ، މި އިމާރާތާއި ބިން ކުއްޔަށް ނަންގަވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ނޮވެމްބަރ ވާ އާދީއްތަ ދުވަހުގެ 14:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 15 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން ބިޑުހުށަހެޅުމަށް ދަންނަވަމެވެ.

ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:

އަގު

ޕްރޮޕޯސަލް

ޖުމްލަ ޕޮއިންޓް

75

25

100

ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެވެ.

މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްކުރެވޭނެވާހަކަވެސް ދެންނެވީމެވެ.

06 ޞަފަރު 1439

26 އޮކްޓޯބަރ 2017

26 އޮކްޓޫބަރު 2017