ދިވެހިރާއްޖެ
|
c
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ Maldives Transport Authority
މާލެ، ދިވެހިރާއްޖެ Republic of Maldives
ނަންބަރު : 112(IUL)202-L/1/2017/
އިޢުލާން
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން މަޖީދީމަގުގެ 9 ވަނަ ސެގްމެންޓްގެ މަސައްކަތް ކުރިއަށްދާތީ މަސައްކަތް ނިމެންދެން ތިރީގައި ބަޔަންކޮށްފައިވާ މަގު ބަންދުވާނެ ވާހަކަ ދެންނެވީމެވެ.
1- މަޖީދީމަގު ކާސިންޖީ މަގާ ގުޅުނު ހިސާބުން ފެށިގެން މަޖީދީމަގު ވައިޖެހޭ މަގާ ގުޅޭ ހިސާބު
މީގެ އިތުރުންވެސް މިމަސައްކަތް ފެށުމަށްޓަކައި މަގު ބަންދު ކުރުމާއި އަދި ވަގުތީ ގޮތުން ޓްރެފިކްފްލޯ ބަދަލު ކުރަންޖެހޭ މަގުތަކުގެ ޓްރެފިކްފްލޯ ބަދަލު ކުރުމުގެ ކަންތައް ޓްރެފިކް ފުލުހުން ކުރައްވާނެއެވެ. އެހެން ކަމުން އުޅަނދު ދުއްވާ ފަރާތްތަކުން ޓްރެފިކް ފުލުހުން ދެއްވާ އިރުޝާދާ އެއްގޮތަށް ޢަމަލު ކުރެއްވުމަށްވެސް ދެންނެވީމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
10 ޞަފަރު 1439
30 އޮކްޓޫބަރ 2017