ޢާންމު މަޢުލޫމާތު
ނަންބަރު: GS-127/2017/24
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 12 ނޮވެންބަރު 2017 14:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ޕްރީސްކޫލް ދަރިވަރުންގެ ރަޖިސްޓްރޭޝަނާއި ގުޅޭ

ޕްރީސްކޫލް ދަރިވަރުންގެ ރަޖިސްޓްރޭޝަނާއި ގުޅޭ

           2018 ވަނަ އަހަރު މިސްކޫލްގެ އެލް.ކޭޖީ ކުލާހުގައި ދަރިވަރުން ރަޖިސްޓްރީކުރުމަށް އެދޭފަރާތްތަކަށް އެފުރުޞަތު 2017 ނޮވެމްބަރ 01 އިން 2017 ނޮވެމްބަރ 12 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ހުޅުވާލަމެވެ.

           ވީމާ، 2018 ވަނަ އަހަރު މި ސްކޫލުގެ އެލް.ކޭޖީ ކުލާހުގައި ދަރިވަރުން އަލަށް ރަޖިސްޓްރީކުރުމަށް އެދޭފަރާތްތަކުން 2017 ނޮވެމްބަރ 12 ވާ އާދިއްތަދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ފަހު މި ސްކޫލަށް ހުށައެޅުއްވުމަށް ދަންނަވަމެވެ.  މި ފޯމް ސްކޫލް އޮފީހުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ފޯން ނަންބަރ  6580333 އާއި ގުޅުއްވުން އެދެމެވެ.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

01 ނޮވެންބަރު 2017